ޙާލަތު މިދަނީ ބަދަލުވަމުން! ދަރިންނަށާ މާމަ،ކާފަ ދަރިންނަށްޓަކައި މިފަދައިން ދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޙާލަތު މިދަނީ ބަދަލުވަމުން! ދަރިންނަށާ މާމަ،ކާފަ ދަރިންނަށްޓަކައި މިފަދައިން ދުޢާކުރައްވާ!

ކުރިމަތިވަމުން އަންނަ ސަބަބުތަކުގެ ސަބަބުން ހެޔޮލަފާ ތަޤްވާވެރިންގެ ދަރިންގެ ތެރެއިންވެސް ތަޤްވާވެރިކަން ކުޑަ ދަރިންނާއި ތަޤްވާވެރިކަން އެއްވެސް ނުހުންނަ ކުދިންވެސް އަންނަނީ ފެންނަމުންނެވެ. މިކަން ހުރިހާ މުޖުތަމަޢުތަކަކުންވެސް އަންނަނީ ފެންނަމުންނެވެ.

މިއަދުގެ ޙާލަތުގައި ހަމައެކަނި ދަރިންނަށްޓަކައި ހެޔޮދުޢާކޮށްގެން ފުދޭކަށް ނެތެވެ. އެންމެ ބޮޑު ސަބަބީ ތިމާމެންގެ އަމިއްލަ ދަރިން އެމީހުންގެ ދަރިންނަށްޓަކައި ދުޢާކުރާކަމުގެ ޔަޤީންކަން ނެތުމެވެ. ޒަމާނަށް ގެއްލިފައިވާވަރުން ނަމާދުކުރަން ބާރުއެޅުން ކުޑަވެފައިވާތީ ނަމާދުކުރާ ދަރިންވެސް މަދުވުމެވެ.

"ޔާ ﷲ! އަޅަމެންގެ ދަރިންނަކީ ނަމާދުކުރާ ތަޤްވާވެރިންކަމުގައި ލައްވަވާނދޭވެ! އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިންނަކީ ވެސް ތަޤްވާވެރި ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިން އިނބަ ﷲ ގެ މަގުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަން އަޅަމެންގެ ދަރިންނަށް ދެއްވަވާނދޭވެ! އާމީން"

މިފަދަ ދުޢާތައް ކުރައްވާށެވެ! އަމިއްލަ ޢިބާރާތުންވެސް ކުރެވޭނެއެވެ. މުހިންމު ކަމަކީ ދުޢާކުރުމެވެ. ދަރިންނަށްޓަކައި މައިންބަފައިން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން