ކޮންމެ ކުއްޖަކީ އެކަޑަމިކް ޔަޢްލީމެވެ މިކިޔާ ބައިން އެންމެ މައްޗަށް ދިއުމަށް ޝައުޤުވެރިވާ ކުދިންނެއް ނޫނެވެ. ބައެއް ކުދިން ޝައުޤުވެރިވަނީ މަސައްކަތުގެ ކޮންމެވެސް ދާއިރާޢަކުން ކުރިއަށްދިއުމަށެވެ.
އެހެންކަމާއިއެކުވެސް އެކަޑަމިކް ތަޢުލީމުން މިންވަރެއް ކޮންމެ ކުއްޖަކަށްވެސް އެނގެން ޖެހޭނެއެވެ. ޚާއްޞަކޮށް އިސްލާމްދީނަށް ޢަމަލުކުރަން އެނގެންޖެހޭނެއެވެ. އެއީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު އެއް ވާޖިބެވެ.
ދަރިން ކިޔަވާހިތްނުވާނަމަ، ޝައުޤުވެރިކަން ކުޑަނަމަ މައިން ބަފައިންގެ ހެޔޮ ދުޢާއަކީ ކުދިންނަށް ވަރަށް އަގުހުރި އަދި އެހައިމެ ބާރުގަދަ އެއްޗެކެވެ. ވީމާ ނަޞޢޙަތްދީ ހިތްވަރުދިނުމާއިއެކު ދުޢާކުރުން ގިނަކުރަންވާނެއެވެ.
ހަމަ އެއާއިއެކު ދަރިންގެ ހިތްތައް އަލިކޮށްދެއްވަވައި ތޫނުފިލިކޮށް ދެއްވެވުން އެދި ކުދިންގެ އުމުރާއި ގުޅޭ ގޮތަށް ކުދިންލައްވައިވެސް ދުޢާކުރުވުމާއި ކުދިން ގާތު ހަމައެކަނި ފިލާވަޅު ދަސްކުރާށޭ ބުނެލުމުގެ ބަދަލުގައި ފިލާވަޅުދަސްކުރާވަގުތު މައިން ބަފައިން އެކުދިންނާއިއެކު ވަގުތު ހޭދަކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން