ޙައިޟުގެ ލޭ ނުކެނޑި 15 ދުވަހަށްވުރެ ދިގުވާކަމަށްވާނަމަ ނަމާދު ކުރެވޭނެތޯ؟ ނަމާދުކުރާނަމަ ކޮންމެ ނަމާދަކަށް ހިނައިގަންނަން ޖެހޭނެތޯ؟
ޙައިޟުގެ އެންމެ ދިގު މުއްދަތަކީ 15 ދުވަހެވެ. އެއަށްވުރެ އިތުރުވާނަމަ އެއީ اِسْتِحَاضَةٌ އެވެ. ވީމާ 15 ދުވަސް ވީމައި ޕީރިއަޑް ރަނގަޅުވީކަމުގެ ހިނެއިން ހިނައިގަންނާނީއެވެ.. އަދި ކޮންމެ ނަމާދަކަށް ވުޟޫ ކޮށްގެންނަމަދު ކުރާނީއެވެ.. اِسْتِحَاضَةٌ ގެ ލޭ އައި ނަމަވެސް ޖިމާޢުވެވޭނެއެވެ.
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް