ދަރިންނަށް ކުށެއް ކުރެވޭ ކޮންމެ ފަހަރަކު ގައިގަ އަތްލާނަމަ ބިރުކެނޑޭނެ! އެއިރުން ލިބޭ ދރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިންނަށް ކުށެއް ކުރެވޭ ކޮންމެ ފަހަރަކު ގައިގަ އަތްލާނަމަ ބިރުކެނޑޭނެ! އެއިރުން ލިބޭ ދރަ މާބޮޑުވާނެ!

ހުރިހާ މިޒާޖުތަކެއްގެ މީހުން މައިންބަފައިންގެ ތެރޭގައިވެސް ތިބެއެވެ. ކޮންމެ ބެލެނިވެރިއަކަށްވެސް ދިރިއުޅެން ޖެހިފައި އޮންނަނީވެސް ތަފާތު ޙާލަތެއްގައެވެ. ކުޑައިރުންސުރެ ހިތާމަތަކާއި ހިތްނުޖެހުމުގެ ތެރޭގައި ދިރިއުޅެންޖެހިފައިވާ މައިންބަފައިންވެސް ވަރަށް ގިނައެވެ.  

އެފަދަ މައްސަލަތަކުގެ ސަބަބަބުން ކެތްތެރިކަން ކޮޅުންލާފައިވާ ޙާލުގައި ދިރިއުޅެންޖެހިފައިވާ ބެލެނިވެރިން ވަރަށް ގިނައެވެ. އަދި އެފަދަ ޙާލުގައި ދިރިއުޅެންޖެހުމަކީ ފަސޭހައިން ރުޅި އިސްކުރެވޭ ކަމެއްވެސްމެއެވެ. އެހެންކަމާއިއެކުވެސް ވިސްނައިލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ދަރިންނަށް ކުށެއްކުރެވޭއިރަށް ގައިގަ އަތްލުމެވެ. އެކިވަރުގެ އަނިޔާ ކުރުމެވެ.  

ދަރިން ކުށެއް ކުރާ ކޮންމެ ފަހަރަކު އަންނަ ރުޅީގައި ގައިގައި އަތްލުމަކީ އާދައަކަށް ނުހަދާށެވެ! އެއިރުން ބޮޑުކުށެއް ކުރެވިގެން ދޭނެ އަދަބެއް ނޯންނާނެއެވެ! އޯގާތެރިކަން އިސްކުރާށެވެ! އިޞްލާޙްކުރަންވެސް ގައިގަ އަތްލުމަކީ އެހެން ގޮތެއް ނެތުމުން އެންމެ ފަހުން ކުރާ ކަމުގެ ގޮތުގައި ބާއްވާށެވެ!  

އެހެން ނޫންނަމަ ރުޅިއަންނައިރަށް ގައިގަ އަތްލުމަކީ އެކުދިން ވެސް ކުރާކަމަކަށް ހެދުން ގާތެވެ. އެހެންކުދިންގެ ގައިގަ އަތްލުމާއި އަނިޔާކުރުމަކީ އެކުދިންނަށް ކުރަން ފެށޭ ކަމަކަށްވެދާނެއެވެ. އެއިރުން ދެން ކަންކަން ވެގެން ހިނގައިދާނެ ގޮތާއިމެދު ވިސްނައިލާށެވެ.  

މީގެ އިތުރުން އަބަދު ގައިގަ އަތްލާނަމަ ބިރުކެނޑޭނެއެވެ. އެއީ އަބަދުކުރެވޭ ކަމަކަށްވުމުން އެއީ މާބޮޑުކަމެއްގައެއް ނުދެކޭނެއެވެ. މިހިރީ ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ވިސްނައިލަން ޖެހޭނެ ކަންކަމެވެ. ދަރިންގެ ގައިގައި އަތްލެވޭ ބެލެނިވެރިން އަވަހަށް އެކަން އިޞްލާޙްކޮށްލާށެވެ.

 

 

މިއަދު އޮންލައިން