މަލާއިކަތްބޭކަލުން- 2: ހަށިކޮޅު ބޮޑުކަމާއި، ގަދަފަދަކަން.

ކިޔުމަށް ހޭދަވާނީ 2މ 11ސ
މަލާއިކަތްބޭކަލުން- 2: ހަށިކޮޅު ބޮޑުކަމާއި، ގަދަފަދަކަން.

ޢަލީ އިޙްޞާން ފިރާޤް   

ދެން މިބަލައިލަނީ ޤުރްއާނާއި ސުންނަތުގެ ޢަލީގައި މަލާއިކަތްބޭކަލުންގެ ސިފަތައް ބަޔާންވެގެންވާ ގޮތަށެވެ. 

ހަށިކޮޅު ބޮޑުކަމާއި، ގަދަފަދަކަން: 

މަލާއިކަތްބޭކަލުންނަކީ ހަށިކޮޅު ބޮޑު އަދި ގަދަފަދަ ބައެކެވެ. އެކަން ޤުރްއާނާއި ޞައްޙަ ޙަދީޘް ބަސްފުޅުތަކުން އެނގެން އެބައޮތެވެ.  އެބޭކަލުންގެ ތެރޭގައި ގަދަފަދަ ހަރުކަށިބޭކަލުންވެއެވެ. ނަރަކަ ބަލަހައްޓަވަން ތިއްބަވަނީ މިފަދަ ބޭކަލުންނެއެވެ. މިކަން ބަޔާން ކުރައްވާ ތަޙްރީމު ސޫރަތުގެ ހަވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾‏ 

މާނައީ: [އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.]

މިއަދު އޮންލައިން