ދަރިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ މައިންބަފައިންގެ ހެޔޮ ދުޢާ!: ދަރިންގެ މައްޗަށް ކުރެވިދާނެ ހެޔޮ ދުޢާތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަރިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ މައިންބަފައިންގެ ހެޔޮ ދުޢާ!: ދަރިންގެ މައްޗަށް ކުރެވިދާނެ ހެޔޮ ދުޢާތަކެއް!

ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާ ﷲ ތައާލާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ އެމީހަކަށް އެނގޭ ޢިބާރާތަކުން ދުޢާކުރިނަމަވެސް ފުދޭނެއެވެ. ދަރިންގެ ހުރިހާ ކަމަކަށްވެސް އެންމެ މުހިންމީ މައިންބަފައިންގެ ހެޔޮދުޢާއެވެ.  

ދަރިންނަށްޓަކައި ކުރަން ރަނގަޅު ހެޔޮދުޢާއާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ އެފަދަ ބައެއް ދުޢާތައް ދަންނަވައިލާނަމެވެ!  

"ޔާ ﷲ! އަޅަމެންގެ ދަރިންގެ ހިތުގައި އީމާންކަން ލައްވަވައިދެއްވަވައި އީމާންކަމުގައި ސާބިތުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އަޅަމެންނަކީ އީމާންކަމުގެ ރުކުންތަކަށް ލޯބިކުރާ އަދި ޢަމަލުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ!." އާމީން  

ޔާ ﷲ! އަޅަމެންނަށާއި އަޅަމެންގެ ދަރިންނަށް ފުރިހަމަ ޞިއްހަތެއް މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ ޢިލްމުވެރި ބައަކު ކަމުގެ ތައުފީޤް ދެއްވަވާނދޭވެ! އަޅަމެންގެ ދަރިންނަކީ ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރާ ބައަކު ކަމުގައިވެސް ލައްވަވައިދެއްވަވާނދޭވެ! އާމީން 

ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އިނބަ ﷲ މަގު އިޚްތިޔާރުކުރާ ތަޤްވާވެރިން ކަމުގައި ލައްވަވައި ދެއްވަވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ އަޅަމެން މަރުވުމުން ވެސް އިސްލާމް ދީނުގައި ސާބިތުވެ ތިބޭ ބައަކުކަމުގައާއި އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން  

ޔާ ﷲ! އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިންނަކީ ވެސް ތަޤްވާވެރި ބައަކު ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިން އިނބަ ﷲ ގެ މަގުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަން އަޅަމެންގެ ދަރިންނަށް ދެއްވަވާނދޭވެ! އާމީން  

ޔާ ﷲ! އަޅަމެންގެ ދަރިންނަކީ އިނބަ ﷲ އަށް ކިޔަމަންތެރި އަދި އަޅަމެންނަށާއި މީސްތަކުންނަށް އިޙްތިރާމް ކުރާ ބައައަކުކަމުގައި ލައްވަވައިދެއްވަވާނދޭވެ! އަދި އެދަރިންނަކީ އަޅަމެންމާއި އެހެންވެސް އުމުރުން ދުވަސްވީ މީހުން ދެކެ ލޯބިވާ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން 

މިއަދު އޮންލައިން