ދަރިންދެކެ ލޯބިވާނަމަ ސަމާލުކަންދޭންޖެހޭ ކަމެއް!: ސޯޝަލް މީޑިއާއަށް ދޫކޮށްލެވޭ ދަރިފުޅުގެ އެންމެ ފޮޓޯއަކުންވެސް ދަރިފުޅަށް އެސްފީނާޖެހި ބޮޑެތި އެތައް މުޞީބާތްތަކެއް ކުރިމަތިވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަރިންދެކެ ލޯބިވާނަމަ ސަމާލުކަންދޭންޖެހޭ ކަމެއް!: ސޯޝަލް މީޑިއާއަށް ދޫކޮށްލެވޭ ދަރިފުޅުގެ އެންމެ ފޮޓޯއަކުންވެސް ދަރިފުޅަށް އެސްފީނާޖެހި ބޮޑެތި އެތައް މުޞީބާތްތަކެއް ކުރިމަތިވެދާނެ!: މުފްތީ މެންކް

ދަރިން އުފާވާކަންކަން ކޮށްދިނީމަ ވަރަށް ހެވޭނެ! ބައެއް ކުދިން ބައެއް ކަހަލަ ހެދުން ލެއްވީމާ ގޮތްގޮތަށް އާޓްވެސް ދައްކާނެ! ބައެއް މީހުން އެބަބުނޭ ދަރިންގެ އެބާވަތުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ނުލާން! އެއީ ކީއްވެގެންތޯ؟

ކިޔުންތެރިޔާ ތިއަ ސުވާލުކުރައްވާ މައްސަލައަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ދަރިންދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށްވެސް އެހެން މީހުންގެ އެސްފީނާއިން ދަރިން ސަލާމަތްކުރާށެވެ! ދަރިންދެކެ ޙަޤީޤީ ލޯބިވާނަމަ ދަރިންނަށް އަނިޔާދޭ ބައަކަށް މައިންބަފައިންވެގެން ނުވާނެއެވެ!  

ގިނަ މައިންބަފައިންގެ މިއަދުގެ ޙާލަތަކީ ދަރިފުޅަށް ރަނގަޅު ކާއެއްޗެއް ދެވިއްޖެ ނަމަ އެ ފޮޓޯނަގައެވެ. އަދި ކީއްހެއްޔެވެ؟ ރީތި ހެދުމެއް ލެއްވުނު ނަމަވެސް އަގު ބޮޑު ގަހަނާއެއް އެޅުވުނު ނަމަވެސް ފޮޓޯނަގައެވެ. އަދި އެވަރުން ފުދެނީއެއް ނޫނެވެ. ކްލާހުން ބެޖެއް ލިބުނަސް ފޮޓޯނަގައެވެ. އަގުބޮޑުތަނަކަށް ޗުއްޓީ ހޭދަކުރަން ދެވުނު ނަމަވެސް ފެންވަރު ރަނގަޅު ތަނަކަށް ކާން ދެވުނު ނަމަވެސްމެއެވެ.  

ފޮޓޯ ނެގުމަކީ މައްސަލައެއް ނޫނެވެ. މައްސަލައކަށްވަނީ ނަގާ ފޮޓޯތައް ސޯޝަލްމީޑިއާގައި ހާމަކުރާތީއެވެ! ސޯޝަލް މީޑިއާގަ ހާމަކުރާ ދަރިފުޅުގެ އެންމެ ފޮޓޯއަކުންވެސް ދަރިފުޅަށް އެސްފީނާޖެހި ބޮޑެތި އެތައް މުޞީބާތްތަކެއް ކުރިމަތިވަމުން އަންނާތީއެވެ.  

ބައެއް ބެލެނިވެރިންނަށް އެވަރަކުން ވެސް ނުފުދެއެވެ. އެކަކާއި އަނެކަކު މިކަންކަމުގައި ވާދަކުރެއެވެ. އަނެކާއަށްވުރެ ތިމާގެ ދަރިފުޅަށް ކޮށްދެވޭ ކަންކަމުގެ އަގުބޮޑުކުރަން މަސައްކަތްކުރެއެވެ! މިކަންކަމުގެ ނަތީޖާއަކަށްވެގެންދަނީ ހަސަދަވެރިން އުފެދުމެވެ. އެސްފީނާ އަޅަން ފެށުމެވެ. ދަރިން މި ނުބައި އަނދަވަޅަށް ތިއަ ވައްޓައިލަނީ ހަމަ މައިންބަފައިންގެ އަތްތަކުންނެވެ.  

ދަރިންނަށް ކަންކަން ކޮށްދޭންވީ ދުނިޔެއަށް އަންގާކަށް ނޫނެވެ! ދުނިޔެއަށް އިޝްތިހާރުކުރާކަށް ނޫނެވެ! ދަރިންނަށް ރަނގަޅަކަށެވެ. ދަރިންގެ އުފަލަކަށެވެ. ނަމަވެސް ތިއަ އަމަލުކުރެވޭ ގޮތުން ދަރިންނަށް ލިބެނީ އނިޔާއެވެ! ގެއްލުމެވެ! ހިތްދަތިކަމެވެ! ވީމާ ހަމަ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން