މިހާރަކަށް އައިސް ޤަޞްދަކާއި ނުލައިވެސް ބައެއް މީހުންނަށް ޝިރުކުގެ ބަސްތައް ބުނެވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ބުނެގެން ނުވާނެ ބަސްތައް ބުނެވެއެވެ. ގިނަ މީހުންނަށް މިފަދަ ބަސްތައް ބުނެވެނީ ނުއެނގިތިބެ ދީނުގެ ވާހަކަ ދައްކާތީއެވެ. ތިމާގެ ކިބައިގައި ނެތް މަޢުލޫމާތުގެ މައްޗަށް ބަސްބުނެވޭތީއެވެ.
ވީމާ މިކަމަކީ ވަރަށް ބޮޑަށް ދަސްކުރަންޖެހޭނެ ކަންކަމެވެ. ޝިރުކު ބެހިގެންވާ ދަރަޖަތަކާއި ޝިރުކަކަށްވެދާނެ ބަސްތައް ދަސްކުރަންޖެހެއެވެ. ނޫންނަމަ އެންމެ ބޮޑު ނުރައްކަލުގެ ތެރތެއަށް މީހާ ވެއްޓިގެންހިނގައިދާނެއެވެ.
މީހަކަށް ޝިރުކުގެ ބަހެއް ބުނެވިއްޖެނަމަ އޭނާ އެކަމުން ތައުބާވުމަށް ޢަމަލު ކުރާނެ ގޮތް ބަޔާންކޮށްދެއްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"އެބަސް އަނބުރާ ގެންގޮސް އެކަމާ ހިތާމަކޮށް، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅާ ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީ."
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް