ރުޅި ކޮންޓްރޯލްކުރެވޭނީ ބޭހަކުންނޫނެވެ! އެންމެ ބޮޑު ޢަދާވާތްތެރިޔާ، ޝައިޠޯނާ ފައްސައި ދުރުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރުޅި ކޮންޓްރޯލްކުރެވޭނީ ބޭހަކުންނޫނެވެ! އެންމެ ބޮޑު ޢަދާވާތްތެރިޔާ، ޝައިޠޯނާ ފައްސައި ދުރުރެވިގެން!

ފުރަތަމަ ކަމަކީ ފަސޭހައިން ރުޅި އާދެވޭނަމަ އެއީ ތިބާގެ މައްޗަށް ޝައިޠޯނާގެ ބާރު ގަދަކަމެވެ. ރުޅި އައިސް ނުބައިބަސްތައް ބުނެ އަތްފައި އިސްކުރެވޭނަމަ ތިބާތިއަވަނީ ޝައިޠޯނާގެ އަޅުންގެތެރެއިންނެވެ. 

ޔޫރަޕާ އެމެރިކާއިން ގެނެސްގެން ބޭނުންކުރިނަމަވެސް އެއްވެސް ބޭހަކަށް ޝައިޠޯނާގެ ބާރު ކަނޑުވާލައި ދުރަށް ފޮނުވައެއް ނުލެވޭނެއެވެ. އެކަން ކުރެވޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުންނެވެ. އަޢޫޛް ކިޔައިގެންނެވެ. 

ވީމާ ފަސޭހައިން ރުޅި އާދެވޭނަމަ ނަފްސާނީ ބައްޔަށް ބޭސް ކެއުމުގެ ބަދަލުގައި ﷲ ހަނދުމަކުރުން ގިނަކުރާށެވެ! ގިނައިން ﷲ ހަނދުމަކުރާ މީހަކާއި ޝައިޠޯނާއަށް ވައިވެސް ނޭޅެވޭކަން އެއީ ޔަޤީން ތަޖުރިބާއެކެވެ! އިން ޝާ ﷲ 

ﷲ ހަނދުމަކުރުމުން އެމީހާގެމަތިން ﷲ ހަނދުމަކުރައްވަވަތެވެ! އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ އަޅަކާއި ވައިއެޅުމަކީވެސް އެއެއްޗަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަގުތުވާވަރަކުން ﷲ ހަނދުމަކުރުން ގިނަކުރާށެވެ! 

އެއިރުން ސަލާމަތްކަން ލިބި ދުރުހެލިވެވޭނީ ހަމައެކަނި ރުޅިއިސްކުރެވުމަކާއިއެއް ނޫނެވެ! ފާފަކުރެވުމާއިވެސް ދުރުހެލިވެވޭނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން