"ކާފިރުން އެމީހުން ﷲ އަށް އީމާން ނުވާތީ އެކަމަށް ފަޚުރުވެރިވާ ދުވަހަށާއި މުސްލިމުން އެމީހުންގެ އީމާންކަން ހާމަކުރަން ލަދުވެތިވާ ދުވަހާއިމެދު ބިރުވެތިވެވަޑައިގަންނަވަމެވެ."
- ޢުމަރުގެފާނު
މިއަދު "ކާފިރުން އެމީހުން ﷲ އަށް އީމާން ނުވާތީ އެކަމަށް ފަޚުރުވެރިވެއެވެ!" އަދި މުސްލިމުންގެ ތެރެއިން ބައަކު ނަމަވެސް އެމީހުންގެ އީމާންކަން ހާމަކުރަން ލަދުވެތިވެއެވެ. މުސްލިމުންގެ ތެރޭގައި މުސްލިމުންގެ ގޮތުގަ އުޅެފައި ކާފިރުންނާއި ބައްދަލުވުމުން އިސްލާމްކަން ފައުޅުކުރަން ލަދުވެތިވެ ވަންހަނާކޮށް ސިއްރުކުރާ މީހުން އެބައުޅެއެވެ.
މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނު އެދުވަހަކާއިމެދު ބިރުވެތިވެވަޑައިގެން ކަންބޮޑުވެވަޑައިގެންނެވި އެ 2 ދުވަސް މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ! ބިރުވެތިވެ ރައްކައުތެރިވާށެވެ!
ކާފިރުން އެމީހުން ބޭނުން ކަންކަމަށް ފަޚުރުވެރިވޭވެ ތިބެން ދޫކޮށްލާށެވެ! މުސްލިމުން އަބަދުވެސް ތިބެންވާނީ މުސްލިމުންގެ ގޮތުގައެވެ. އެކަމަށް ފަޚުރުވެރިވުންމަތީގައެވެ. އެއީ ވަންހަނާކުރަން ޖެހެންވީ ކަމެއް ނޫނެވެ. ފައުޅުކުރަންވީ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން