އެއްވެސް ބޭނުމަކު ޙައިޟުގެ ދުވަސްތަކުގަ މިސްކިތަށް ވަނުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
އެއްވެސް ބޭނުމަކު ޙައިޟުގެ ދުވަސްތަކުގަ މިސްކިތަށް ވަނުން ހުއްދައެއް ނޫން!

"ޙައިޟުވެރިއަކަށް ނަމާދެއްވެސް ނުކުރެވޭނެއެވެ. މީގެ އިތުރުން މިސްކިތަށް ވަނުމަކީ ވެސް ޙައިޟުވެރިންގެ މައްޗަށް މަނާވެގެންވާ ކަމެކެވެ." –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ ޙައިޟުވެރިޔާއަށް މިސްކިތަށް އެރުމާއި މިސްކިތުގައި މަޑުކުރުމަކީ ހުއްދަކަމެއް ނޫން ކަމެވެ. އަދި އެއީ މަނާ ކަންކަން ކަމެވެ.

ވީމާ އެހެން މީހަކަށް ނުވަތަ ކުދިބައަކަށް ޤުރްއާން ކިޔަވައިދިނުން ފަދަ ކަމެއް ކުރަން ނަމަވެސް ޙައިޟުވެރިޔާ މިސްކިތުގައި މަޑުކުރުން ހުއްދައެއް ނޫނެވެ. އެއީ މިސްކިތަށް އެރުމަކީ ޙައިޟުވެރިންނަށް މަނާ ކަމަކަށްވާތީއެވެ.

 

މިއަދު އޮންލައިން