ދުނިޔޭގެ ހުރިހާ ދެމަފިރިންނަށް ގޮންޖަހާފަ ބުނަން! ދެމަފިރިން އެކުގަ ރޭ އަޅުކަންކުރާއިރުވެސް ޒަވާޖީ ހަޔާތުގެ އުފާ ނުލިބޭ ދެމަފިރިއަކު ތިބިނަމަ ނިކަން ބުނެބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދުނިޔޭގެ ހުރިހާ ދެމަފިރިންނަށް ގޮންޖަހާފަ ބުނަން! ދެމަފިރިން އެކުގަ ރޭ އަޅުކަންކުރާއިރުވެސް ޒަވާޖީ ހަޔާތުގެ އުފާ ނުލިބޭ ދެމަފިރިއަކު ތިބިނަމަ ނިކަން ބުނެބަލާށެވެ!

އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުވެއްޖެއެވެ. އުފަލުގަ އެކުގަ އުޅެން ވަރަށް މަސައްކަތްކުރަމުއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅުކުރަން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރަމުއެވެ. އެކުގައި ވަޤުތު ހޭދަކުރަމުއެވެ. އެކުގައި ބޭރަށްދަމެވެ. އަނެކާ ރުޅިއަތުވެދާނެ ކަމެއް ނުކުރަން މަސައްކަތް ކުރަމުއެވެ. އެކަމަކުވެސް ބޭނުންވާވަރަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ވީމާ ހިތްހަމަޖެހުން ހޯދަން ކުރެވިދާނެކަމެއް ބުނެދެއްވަފާނަންތޯ؟

ހިތްހަމަޖެހުން ހޯއްދަވަން ކުރައްވާކަމަށް ކިޔުންތެރިޔާ ތިއަވިދާޅުވި ކަންކަމަކީވެސް ހަމަ ވަރަށް ރަނގަޅު ކަންކަމެވެ. ނަމަވެސް އެންމެ މުހިންމު ކަންތައް މަދުކަން ފާހަގަކުރެވެއެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެކަމަށް ކަމަށް އުންމީދުކުރަމެވެ. އެކަން ކޮށްލެއްވުމުން އައި ބަދަލެއްވެސް އަންގަވާލަދެއްވާށެވެ.

ކައިވެނީގެ ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވެނީ މަދު މީހަކަށެވެ! އެންމެންވެސް އެކަމާ ޝަކުވާ ކުރެއެވެ! ނަމަވެސް ސަބަބާއިމެދު ވިސްނަނީ މަދު މީހެކެވެ. އެންމެންހެން ކުރަނީ ޝަކުވާއެވެ!

ކައިވެނި މިކިޔަނީ ދެމީހަކު ގުޅިގެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކުގައި އުޅުމަށެވެ. ވީމާ ކައިވެންޏާއި ހަމައިން 2 މީހުންނަކީ 1 ކަމުގައި ވާންޖެހޭނެއެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ.

މިގޮތުން ދެމީހުން އެކުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރެސްޓޯރަންޓްތަކަށް ގޮސް ކެއުމެއް ނޫނެވެ. ޝޮޕިންމޯލްތަކަށް ގޮސް ބާޒާރުކުރުމެއް ވެސް ނޫނެވެ. އެއީވެސް ތަނަވަސްކަން ހުރިވަރަކުން ކުރަން ހަމަ ރަނގަޅު ކަންކަމެވެ.

ނަމަވެސް ދެމަފިރިން އެކުގައި ކުރަން އެންމެ މުހިންމު ކަމަކީ ރޭ އަޅުކަމެވެ. ދަމުނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި ޛިކުރް ކުރުމެވެ. އަހަރެން ހަމަ މުޅި ދުނިޔެއަށް ގޮންޖަހާފައި ސުވާލުރަމެވެ. އެކުގައި ރޭއަޅުކަންކުރާ ދެމަފިރިއަކަށް ޒަވާޖީ ޙަޔާތުގެ އުފާ ނުލިބެނީ ކޮން ދެމަފިރިއަކަށް ހެއްޔެވެ؟ އެފަދަ ދެމަފިރިއަކު ތިބި ނަމަ ނިކަން އެއީ ތިމަންނަމެން ކަމަށް ބުނެބަލާށެވެ!

އެފަދަ ދެމަފިރިއަކަށް ތަނަވަސްކަން ނެތި ދަތިހާލުގައި ދިރިއުލެން ޖެހިދާނެއެވެ! އެއީ ﷲ ތަޢާލާ އެ ދެމަފިރިން އިމްތިޙާން ކުރައްވަވާތީއެވެ! ނަމަވެސް އެ ދަތިތަކާއިއެކުވެސް ދެމަފިރިން ދިރިއުލެމުން ގެންދާނީ ހަމަ އުފަލުގައެވެ! ލޯބިންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން