އިންސާން ސޫރަތުގައިވާ ވާހަކަތައް‍- 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އިންސާން ސޫރަތުގައިވާ ވާހަކަތައް‍-  2

ޢާއިޝަތު ރަފާޙް ޢަލީ

 

މި ލިޔުމުގައި މިބަޔާން ކޮށްލަނީ އިންސާން ސޫރަތުގައިވާ ހެޔޮލަފާ މީހުންގެ ވާހަކައެވެ. 

އެގޮތުން ހެޔޮލަފާ މީހުން ދުނިޔޭގައި ކުރި ޢަމަލުތަކުގެ ސަބަބުން ސުވަރުގޭގައި އެމީހުންނަށް ހެޔޮ ޖަޒާ ލިބިގެރން ދާނެ ވާހަކަ އާއި ސުވަރުގޭގައި ލިބޭ ނިޢްމަތްތަކުގެ ވާހަކައެވެ. 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ﴿٥﴾‏

މާނައީ:"ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، كافور ކަމުގައިވިއެވެ. (5)" 

· ހެޔޮލަފާ އަޅުން ބުއިމަށް ފެނއާރެއް ދެއްވާނެކަން: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا ﴿٦﴾‏

މާނައީ: "އެއީ اللَّه ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ. (6)" 

· ސުވަރުގެއާއި ފަށުވި ފޭރާން ދެއްވި ވާހަކަ: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةً وَحَرِيرًا ﴿١٢﴾‏

މާނައީ: "އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ. (12)" 

· އަވީގެ ހޫނު އަދި ގަދަ ފިނިވެސް އިޙްސާސް ނުކުރެވޭނެކަން: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ﴿١٣﴾‏

މާނައީ: "އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ. (13)"

މިއަދު އޮންލައިން