މިޞުރުގައި ފާމަސިސްޓެއްގެ ވަޒީފާއަދާކުރާ މުޙައްމަދު ޢަބްދުއްރަޙްމާން މެދުކެނޑުމެއް ނެތި ކިޔަވައި، އެއްވެސް ކުށެއް ނުޖެހި 7 ގަޑިއިރުން ޚަޠިމްކުރުމުން ގިނަ ބައަކު އަންނަނީ އޭނާއަށް ހެޔޮދުޢާކުރަމުންނެވެ.
މުޙައްމަދު ޢަބްދުއްރަޙްމާން ވަނީ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުން ޢުމުރުން 9 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައެވެ. ޙާފިޡަކަށްވެފައެވެ.
ލޮބުވެތި އެކުވެރިންނޭވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމަކީވެސް އަދި ޤުރްއާނުގެ އަހުލުވެރިއަކަށްވުމަކީވެސް ވަކިމީހަކަށް ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވޭނެ ކަމެކެވެ. ބޭނުންވަނީ އެކަމަށް އެދިގެން މަސައްކަްތކުރުމާއި ވަޤުތުދިނުމެވެ.
އަލްޙާފިޡް މުޙައްމަދު ޢަބްދުއްރަޙްމާން ކީރިތި ޤުރްއާން ހިތުދަސްކޮށް އަދި ޤުްރްއާނާއި ގުޅުން ބަދަހިކުރަމުން އެގެންދަނީ ހަމަ އާދައިގެ ވަޒީފާއެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަހުރެމެންނަށްވެސް އެކަން ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟
ދުޢާއަކީ އަހުރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. ކީރިތި ޤުރްއާން އުނގެނި ޢަމަލުކުރުމުގެ ހިތްވަރާއި ތަފީޤް ދެއްވެވުމެވެ. އާމީން