މުއުމިނު އަޅާ، އޭނާގެ މަރު ހާޒިރުވީއިރުގައި، މަރު ކައިރިވެފަ މިއޮތީ އޭނާގެ. 1 ދުވަސް 2 ދުވަސް އޭނާއަކަށް ނޭންގޭނެތާ. އޭނާގެ އެބަހުރި ބައެއް ފާފަތައް. ﷲ ލޯބިވެވޮޑިގަންނަވާ އަޅެއް. އިންސާނުންމީ، ފާފަކުރެވޭނެ ކޮންމެ ގޮތެއް ވިޔަސް. ފާފައެއް ނުކުރެވޭ ގޮތަކަށް ނުހުރެވޭނެ. އިންސާނުން ﷲ ލައްވާފަވަނީ އެގޮތަށް ފާފަކުރެވޭ ގޮތަށް. ފާފަ ކުރެވުނީމަ ﷲ ގެ ހަޒްރަތަށް ދަންނަވާ ތައުބާވާގޮތަށް. އެގޮތުން އޭނަ މަރު ކައިރިވީއިރުގައި، އޭނަގެ އެބަހުރި ބައެއް ފާފަތައް.
އެ ފާފަތައް ފުއްސަވާލަ ދެއްވުމަށްޓަކާ ﷲ އެކަލާންގެ ހަޒްރަތުން މުޞީބާތެއް ކުރިމަތި ކޮށްލައްވަވަނީ. އޭގެ ސަބަބުން އެ ފާފަތައް ފުހެވިގެން އެދަނީ. ﷲ ގެ ހަޟްރަތަށް އޭނާ ﷲ ގެ ހަޒްރަތާ ބައްދަލުވާ ހިނދުގައި އޭނާ ޠާހިރުވެގެންވާ މީހެއް ގޮތުގަ އެ ބައްދަލު ކުރަނީ. އެހެންކަމުން މި މުޞީބާތްތަކުގެ ޒަރިއްޔާއިން އެމީހެއްގެ ފާފަތައް ފުހެވިގެން އެބަދޭ. އެކަމަކު އެ މުޞީބާތްތަކަށް އޭނާ ކެއްކޮށްފިކަމުގަ ވާނަމަ. މުއުމިނު އަޅާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކުން އޭނަގެ ފާފަ ފުހެވިގެންދޭ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވަނީ، އެކަލޭގެފާނު ވިދާޅުވަނީ (އަރަބި) ޙަދީޘް ކުރައްވަނީ " މުއުމިނު އަޅާއަށް މުޞީބާތެއް ކުރިމައްޗެއް ނުވެއޭ އޭނަގެ ފާފަތައް އޭގެ ޒަރިއްޔާއިން ފުހެވިގެން ނުދާނެ ގޮތަކަށް. އެއީ އޭނައަށް ވަރުބަލި ކަމެއް ޖެހުނު ކަމުގައިވިޔަސް، އޭނައަށް ބައްޔެއް ޖެހުނު ކަމުގައި ވިޔަސް، ކަންބޮޑު ވުމެއް ކުރިމަތިވި ކަމުގައި ވިޔަސް، ހިތާމައެއް އައި ކަމުގައިވިޔަސް، ތަކުލީފެއް ޖެހުނު ކަމުގައި ވިޔަސް، ދެރަވާފަދަ ކަމެއް ޖެހުނު ކަމުގައި ވިޔަސް، އެއީ ކުޑަކުޑަ ކަށްޓެއް އޭނަގެ ފަޔަށް ވަނުން ކަމުގައި ވީނަމަވެސް އޭގެ ޒަރިއްޔާއިން ﷲ ފާފަ ނުފުއްސަވާނެ ގޮތަކަށް އެކަން ނުވެއެވެ."
މުއުމިނު އަޅާއަށް ކުޑަކުޑަ ބައްޔެއް ޖެހުނަސް، ހިތާމައެއް ޖެހުނަސް، ކަންބޮޑުވުމެއް އަޔަސް، އުދާސްވާކަހަލަ ކަމެއް ކުރިމަތިވިޔަސް، ކުޑަކުޑަ ކަށްޓެއް ފަޔަށް ވަން ކަމުގައި ވިޔަސް އޭގެ ޒަރިއްޔާއިން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ފާފަތައް ފުއްސަވާ ދެއްވާ އެބަ. ކުޑަކުޑަ ތަކުލީފެއް އޭނާއަށް ކުރިމަތިވީ ކަމުގައިވިޔަސް އޭގެ ސަބަބުން ފާފަ ފުހެވިގެން އެބަދޭ، އެހެންމަ އެކަން ވިސްނަންޖެހޭނެ. މިކަހަލަ ހިކުމަތްތައް އަހަރެމެމްނަށް އިނގުނީމާ ދެން މުޞީބާތްތަކަށް ކޮންމެ ގޮތެއްވިޔަސް އަހަރެމެން ކެއްތެރިވާނެ ޝައްކެއްވެސް ނެތް.
މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުނު އަބްދުﷲ ގެ އަރިހުން ރިވާވެގެންވަނީ، އެކަލޭގެފާނު ވިދާޅުވަނީ " އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (އަރަބި) އުއްމުއް ސާއިބު ކިޔާ ސަހާބީ ބޭކަނބަލެއް، އެކަމަނާ ބަލިވެ ވަޑައިގެން . އާލާސްކަންފުޅުޖެހިވަޑައިގަތުމުން އެކަމަނާއަށް ޒިޔާރަތް ކޮށްލެއްވުމަށްޓަކާ، އެކަމަނާއަށް ގޮވާލެއްވުމަށްޓަކާ ﷲ ގެ ނަބިއްޔާ ވަޑައިގަންނަވަނީ. ވަޑައިގެން އެކަމަނާއަށް ޙަދީޘް ކުރައްވަނީ (އަރަބި) " އޭ އުއްމުއް ސާއިބޭ، ކަމަނާ ތިޔަ ކުކުރަނީ ކީއްވެގެންހޭ؟" އެހިނދު އެކަމަނާ ދަންނަވަނީ (އަރަބި) " މި ހުމުގެ ސަބަބުންނޭ މި ކުކުރެވެނީ." ހުން ޖެހިވަޑައިގެންފަ އޮތީ އެކަމަނާއަށް. ހުން ޖެހިފަ އޮތީ. ވިދާޅުވަނީ މި ހުމުގެ ސަބަބުންނޭ. (އަރަބި) " އޭގަ ﷲ އެއްވެސް ބަރަކާތެއް ނުލައްވާށިއޭ." ހުމަށް އެއްޗެހި ގޮވައިގަތީ. އޭގަ ﷲ އެއްވެސް ހެވެއް ނުލައްވާށިއޭ. އޭގެ ސަބަބުންނޭ މި ކުކުރެވެނީ. އަޅާ ވޭނުގެ ސަބަބުން.
އެހިނދު ހަދީޘްފުޅު ކުރައްވަނީ (އަރަބި) " ހުމަށް ހުތުރު އެއްޗެހި ނުގޮވާށޭ" ހުމަށް ހުތުރު އެއްޗެހި ނުގޮވާށޭ. (އަރަބި) " ސަބަބަކީ ހުމަކީ އެއީ އާދަމުގެ ދަރިޔާގެ ފާފަތައް ފުހެލާދޭ އެއްޗެކޭ އެއީ. އެއީ ގިރުބާގެ ތެރެއަށް ދަގަނޑު ލީމާ އެ ދަގަނޑުގެ މިލަ ފިލައިގެން ދާ ފަދައިން." ގިރުބާ އެ އަލިފާނުގެ ތެރެއަށް ދަގަނޑު ލީމާ ދަގަނޑުގެ މިލަ ފިލައިގެން ދާފަދައިން ހުމަކީ އޭގެ ޒަރިއްޔާއިން އާދަމުގެ ދަރިޔާގެ ފާފަތައް ފުހެވިގެން ދާކަމެކޭ އެއީ. އެއްގޮތަކަށްވެސް ހުމަށް އެއްޗެހި ނުގޮވާށޭ.
ގިނަފަހަރަށް އެކަހަލަ ބައްޔެއް ޖެހުނީމާ ބައްޔަށް ވަރަށް ހުތުރު އެއްޗެހި ގޮވޭ. އެކަމަކު ބައްޔަށް ހުތުރު އެއްޗެހި ގޮވައިގެން ނުވާނެ. އެ ބައްޔަކީ އޭގެ ސަބަބުން، އެއަށް ކެއްތެރި ވެއްޖެއްޔާ މީހާގެ ފާފަތައް ފުހެވިގެން ދާކަމެއް، އެހެންވެގެންތާ ބަލި މީހަކަށް ގޮވާލަން ގޮއްސާ އަހަރެމެން މި ކިޔަނީތާ (އަރަބި) " އެއްވެސް މައްސަލައެއް ނެތޭ، އެއްގޮތަކަށްވެސް ހިތާމަ ނުކުރާށޭ، ތީ ފާފަތަކުގެ ކައްފާރާއެކޭ. ތީގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެއޭ. ޠަހާރަތެކޭ ތީ." އެހެންމަ އެކަމަށް ވިސްނަން ޖެހޭނެ.
- ޝައިޚް މުޙައްމަދު އިބްރާހީމްގެ ދަރުސަކުން