ޢާއިޝަތު ރަފާޙް ޢަލީ
ހެޔޮލަފާ މީހުންނަށް ލިބޭ ނިޢްމަތްތައް:
· ގަސްތަކުން ހިޔާލިބި، މޭވާ ލިބިގެންދިޔުން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 14 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
وَدَانِيَةً عَلَيْهِمْ ظِلَٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴿١٤﴾
މާނައީ: "އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ. (14)"
· އަދި ރިހިންވާ ކަންވާރުތައް ހިފައިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެކަން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَيُطَافُ عَلَيْهِم بِـَٔانِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا۠ ﴿١٥﴾
މާނައީ: "އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ. (15)"
· ޒަންޖަބީލް އާއި އެއްކުރެވިފައިވާ ބުއިމެއް ދެއްވާނެކަން :
ﷲ ތަޢާލާ އިންސާން ސޫރަތުގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ﴿١٧﴾
މާނައީ:"އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ. (17)"
· ސަލްސަބީލް ކިޔޭ އާރެއް ވާނެކަން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا ﴿١٨﴾
މާނައީ: (އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ. (18)