ބެލެނިވެރިންނާ ދަރިވަރުންގެ ސަމާލުކަމަށް!: ކިޔަވާކުދިންނަށް ހުރި ބައެއް ގޮންޖެހުންތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބެލެނިވެރިންނާ ދަރިވަރުންގެ ސަމާލުކަމަށް!: ކިޔަވާކުދިންނަށް ހުރި ބައެއް ގޮންޖެހުންތައް-!

އާފާތްތަކަކީ ކިޔެވުން ކުރިއަށް ގެންދިޔުމަށްވާ ގޮންޖެހުން ތަކެކެވެ. އެގޮތުން އެހެނިހެން ކަންކަމުގައި މަޝްޣޫލުވުމަކީ ހިތުދަސްކުރުމަށާއި ކިޔެވުމަށް ބުރޫއަރުވާ ކަންކަމެވެ. 

އަދި އަދުގެ ޒަމާނީ ވަސީލަތްތަކާއި ޓީވީ ޗެނަލްތަކަށް ރައްކާތެރިވުން ހުއްޓެވެ. އެތަކެއްޗަކީ ވިސްނުން މަޝްޣޫލުކޮށްލައި ދިރިއުޅުން ވަހުމީ ދުނިޔެއަކަށް ބަދަލުކޮށްލާ އަދި ވަގުތުތައް ނަގާލާ އެއްޗެހި ތަކެކެވެ. އެފަދަ ތަކެއްޗާ ދުރުހެލިވުމުން ދީންވެރިކަން ރައްކާތެރިވެ، ވިސްނުން އާރޯވެ، ވަގުތުތައް ރައްކާތެރިވެ އަދި އެކުގައި އުޅޭ މީހުންނަށް ވުރެ ކުރިއަރައި ދެއެވެ. ފަހެ ތިބާގެ ފިކުރު ކިލަނބުކޮށްލައި ސުލޫކު ނުބައިކުރާ އަދި ޚުލުޤު ފަސާދަކޮށްލާ ތަކެތިން ތިބާގެ އިވުމާއި ފެނުން ރައްކާތެރިކުރާށެވެ. 

ކިޔެވުމުގައި ދިމާވާ އެންމެ ބޮޑު އެއް މުޞީބާތަކީ އަމިއްލަ ނަފްސު ފެނުމެވެ. އަދި ކިޔެވުމުގެ ޒީނަތަކީ ޙިލްމުވެރިކަމާއި ތަވާޟުޢުވެރިކަމެވެ. 

ބާއްޖަވެރިމީހަކީ އޭނާގެ ރައްބާ ހަމައަށް ވާސިލުވެވެން އޮތް މަގު އެނގި، އެއިލާހުގެ ޙަޟްރަތަށް ޤަޞްދުކޮށްގެން ދަތުރުކުރާ މީހާއެވެ. އަދި މަޙްރޫމުވެފައިވާ މީހަކީ އެމަގު އެނގި އެއަށް ފުރަގަސްދިން މީހާއެވެ. 

[خطوات إلى السعادة لد. عبدالمحسن القاسم (ص:  65 - 66)]

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން