ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންނަށް މިހާފަސޭހައިން ސުވަރުގެ ޙައްޤުވާކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންނަށް މިހާފަސޭހައިން ސުވަރުގެ ޙައްޤުވާކަން އެނގޭހެއްޔެވެ؟

ތިބާއަށް ބޮޑު ބައްޔެއް ޖެހުނީއެވެ. އަތްމަތިދަތިވީއެވެ. ކައިވެނިރޫޅި އެކަނިވެރިވީއެވެ. އަދި މީނޫނަސް ތިމާއަށް ހިތްދަތިކަން ލިބޭ ކޮންމެ ޙާލަތެއްގައިވެސް ތިމާއަށްވުރެ ނިކަމެތި ނުވަތަ ދަތިޙާލުގައި ތިބި ބައިވަރު މީހުން ދުނިޔޭގައި އެބަތިބިކަން ޤަބޫލްކޮށް ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުކޮށްފި މީހަކަށް ޙައްޤު މިންވަރު އެނގޭހެއްޔެވެ؟  

އެމިންވަރަކީ އެނިޢުމަތެއް ނުލިބިދާނެކަމަށް މުސްލިމުން ތެޅިފޮޅެމުން އަންނަ ސުވަރުގެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުކުރީތީއެވެ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވީތީއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެޝަރުޠަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަލަކު ކަމުގައިވުމެވެ.

މިގޮތަށް މިބަސް ބޭނުންކުރިނަމަވެސް އެއްވެސް ކަމެއްގައި ނުބައި މިންވަރެއް ނުވެއެވެ. ކޮންމެ މިންވަރަކީވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ މިންވަރެވެ. ވީމާ ވިސްނައި ޤަބޫލުކުރަން އެންމެ ފަސޭހަވާނީ އުފާވެރިކަންވެސް އަދި ހިތްދަތިކަންވެސް މިންވަރަކުރައްވަވަނީ ﷲ ތަޢާލާކަމަށް އީމާންވުވެ ބުނިއްޔާއެވެ.

ޔަޤީންކުރާށެވެ! ކޮންމެ ތަކްލީފަކާއިއެކުގައިވެސް އަދި ކޮންމެ ހިތްދަތިކަމަކާއިއެކުގައިވެސް ﷲ ތަޢާލާގެ ރަޙްމަތެއްވެއެވެ. އިތުރަށް ޔަޤީންކުރަންވީ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތް ދުނިޔޭގައި ލިބުމުން އުފާވާނެވަރަށްވުރެ މާބޮޑަށް ޤިޔާމަތް ދުވަހު ދެއްވަވައިފިނަމަ އުފާވާނެ ކަމެވެ. 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން