ކޮންމެހެން ފުއްދަންޖެހޭ ބޭނުމެއް ފުއްދަން ނޫނީ ދަރަނިވެރިނުވާށެވެ! އެފަދަ ކަމަކަށް ދަރަނިވެރިވީނަމަވެސް ދަރަނިވެރިވާންޖެހޭނީ އެކަން އެންމެ ފުރިހަމައަށް ފުއްދުމަކަށް ނޫނެވެ. އެންމެ ކުޑަ މިންވަރަށް ފުއްދުމަށެވެ.
ބައެއް ޢިލްމްވެރިން ވިދާޅުވަނީ ކޮންމެހެން ދަރަންޏަށް ނަގަން ޖެހުނަސް ދަރަނި ނަގަންވާނީ ކިރިޔާ ފުދޭނެ މިންވަރަށް ކަމަށެވެ. ދިމާވާ ސަބަބަކާއިހުރެ އަދާނުކުރެވުނަސް، އަދާނުކުރެވި އޮއްވައި މަރުވިޔަސް މާފުކުރަން ފަސޭހަވާނީވެސް އަދި ވާރުތަވެރިންނަށް އަދާކުރަން ފަސޭހަވާނީވެސް އެއިރުންކަމަށްވާތީއެވެ.
ދަރަނިވެރިއަކު ދަރަނި އަދާނުކުރެވި ވަނިކޮށް މަރުވެއްޖެނަމަ އެކަމުގެ ސަބަބުން ކައްވަޅުގައި އެމީހަކަށް ހޫނުކަން ލިބެއެވެ. ދުނިޔޭގައި ތިބި މީހުން އެދަރަނި އަދާކޮށްފިނަމަ އެމީހަކަށް ފިނިކަން ލިބެއެވެ. މިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މައިންބަފައިން ނުވަތަ ގާތްތިމާގެ މީހަކު ނުވަތަ ގާތް އެކުވެރިން މަރުވުމުން އެކަމަށްޓަކައި ހިތާމަކުރަމުއެވެ. އެހެންކަމާއިއެކުވެސް އެމީހަކަށް ފައިދާކުރާނެ ކަންކަން ކޮށްދޭން މަސައްކަތްކުރަނީ ވަރަށް މަދު މީހެކެވެ.
ލިޔުމުގައިވާ ވީޑިއޯއަކީ މީހަކު މަރުވުމަށްފަހު އެމީހަކަށް ފައިދާ ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި އެމީހާ ކޮށްފައިވާ ކަންކަމުގެ ތެރެއިން އެމީހަކަށް ފައިދާކުރާނެ ކަންކަމުގެ މައްޗަށް ބައްލަވާލައްވައި ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ދެއްވާފައިވާ ދަރުސެއްގެ ވީޑިއޯއެކެވެ.
މިއީ ހަމަ ކޮންމެ މީހަކުވެސް އަޑުއަހައިލުން މުހިންމު ދަރުސެއްކަން ފާހަގަކުރެވެއެވެ. މީހަކު މަރުވުމުން އެކަމާއި ދެރަވުމަކުން މަރުވިމީހާއަށް ކުރާނެ ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ އޭނާއަށް ފައިދާކުރާނެ ޢަމަލެއް ކޮށްފިނަމަ އެވެ.
- ޝައިޚްގެ ދަރުސްގެ ވީޑިއޯ: