އެ ސުވަރުގޭގެ ވަހަކީ މީރުވަހެއް ކަމުގައި ވާހާލަތުގައި، އެ ސުވަރުގޭގެ ވަހުން ބަޔަކު މަހްރޫމް ކުރެވޭކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާން ކުރައްވާފަ.
މީ ވަރަށް މުހިއްމު ނުކުތާއެއް އަޅުގަނޑުމެން ސަމާލުވާންޖެހޭ. އެހާމީރު ވަހަކުން މަޙްރޫމް ކުރެވެނީ ކޮންބައެއްތޯ؟ އޭގެތެރޭގާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވީ --- " ތިމަންކަލޭގެފާނުގެ އުއްމަތުގައި ވެއޭ 12 މުނާފިޤެއް، އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިރިއުޅުނު މީހުންގެ ތެރެއިން 12 މުނާފިޤެއް ވެއޭ." (އަރަބި) " އެމީހުން ސުވަރުގެއެއް ނުވައްނާނެއޭ." (އަރަބި) " އަދި އެމީހުން ސުވަރުގޭގެ ވަސްވެއް ނުދެކޭނެއޭ." (އަރަބި) "ޖަމަލެއް ތިނޯހުގެ ފަގައިން ވަދެފުމަށްދާންދެން." މީ ޞަޙީހު މުސްލިމް ރިވާއަތް.
ޝައްކެއްނެތް ހުރިހާ ޒަމާނެއްގައިވެސް މުނާފިޤުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫން. އަޤީދާގެ މުނާފިޤުންނަކީ ސުވަރުގެ ވަންނާނެ ބައެއްނޫން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިތާންގައި 12 މީހެއްގެ ވާހަކަ ހާއްސަ ކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގައި އެކަލޭގެފާނާދޭތެރޭގަ އެމީހުންގެ އަދާވާތްތެރިކަން ގަދަވުމުގެ ސަބަބުން.
އަނެކަކީ ރައްޔިތުންގެ ކަންތައްތައް ބަލަން ހަވާލުކުރެވިފައިވާ ވެރިން، އެމިހުންގެ ރައްޔިތުންގެ ޙައްޤުތައް އަދާ ނުކޮށް، ރައްޔިތުންނަށް ހެޔޮގޮތުގައި ނަސޭޙަތްތެރި ނުވެ އިޚްލާސްތެރި ނުވެ ހުރެއްޖެކަމުގަ ވާނަމަ އެމހަކު ސުވަރުގޭގެ ވަސް ނުދެކޭނެކަމަށް ކީރތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފަވޭ، ބުޚާރީގެ ރިވާޔަތެއްގަ.
މަޢުކަލް ބުނި ޔަސްއަރު ވިދާޅުވީ (އަރަބި) "އެއްވެސް ވެރިއަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރައްޔިތުންތަކެއް ހަވާލުކުރެވި، އެ ވެރިން ރައްޔިތުންނަށް ޙައްޤުތައް އަދާކޮށްދީ އެމީހުންނަށް ހެޔޮގޮތުގައި ނަޞޭޙަތްތެރިވެ އިޚްލާސްތެރި ނުވެއްޖެ ކަމުގައި ވާނަމަ" (އަރަބި) " އެމީހަކު ސުވަރުގޭގެ ވަހުން މަޙްރޫމް ނުކުރައްވާ ދޫނުކުރައްވާނެތެވެ." އޭގެ މާނައަކީ އެފަދަ މީހަކު ސުވަރުގޭގެ ވަސްވެސް ނުދެކޭނެއެވެ.
ހަމައެއާއެކު އެވަހުން މަޙްރޫމްކުރެވޭ މީހުންގެ ތެރޭގައި އާދޭ ޝަރުޢީ އެއްވެސް ސަބަބަކާނުލާ ވަރިއަށް އެދޭ އަންހެނުން. ޢާއިލާ ރޫޅާލާ މީހުން ޝަރުޢީ އެއްވެސް ސަބަބަކާ ނުލާ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި (އަރަބި) " އެއްވެސް އަންހެނަކު ޝަރުޢީ އެއްވެސް ސަބަބަކާ ނުލައި އޭނާގެ ފިރިމީހާގާތުން ވަރިއަށް އެދިއްޖެކަމުގައި ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ސުވަރުގޭގެ ވަސް ޙަރާމް ކުރައްވާނެއެވެ." ޝަރުޢީ ސަބަބަކާ ނުލައި ވަރިއަށް އެދިއްޖެ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ޙަރާމް ކުރައްވާނެއޭ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި.
ހަމައެހެންމެ އެ ސުވަރުގޭގެ ވަސް ޙަރާމް ކުރެއްވި ފަރާތްތަކުގެ ތެރޭގައި މުސްލިމުންގެ ތެރޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް ހަމަލާދޭ، އެމީހުން ޤަތުލްކުރާމީޙުން. ޙަދީޘް ކުރެއްވި (އަރަބި) " މުއާހަދަކު މަރައިފިމީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭނޭ" ޙަދީޘް ކުރެއްވި. ހަމަ އޭގެތެރޭގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވޭ ނިވާ ނުވެ އުޅޭ އަންހެނުންގެ ވާހަކަ (އަރަބި) " އެމީހުންނަކީ ހެދުން ލައިގެން އެހެންނަމަވެސް ނިވާނުވެ އޮރިޔާމުން އުޅޭ އަންހެނުންނެވެ." (އަރަބި) " އެމީހުން ފިރިހެނުންގެ މައްޗަށް ލެނިބގެންވެއޭ އަދި ފިރިހެނުން އެމިހުންނަށް ލެންބުވަން މަސެއްކަތް ކުރެއޭ. އެމީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނާނީ ޖަމަލުގެ އުފުލިފައިވާ ގުންގޮޑިތަކެއް ހެންނެވެ." (އަރަބި) " އެމީހުން ސުވަރުގެ ނުވަންނާނެއޭ، އަދި އެމީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭނެއެވެ."
މީ ހަޤީގަތުގައި އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވާ ވަރަށް ބޮޑު ވަޢީދެއް. އޭގެ މާނައަކީ އެކަމުގެ ނުބައިކަން މިއިން ކޮންމެ ކަމަކުންވެސް ދޭހަކޮށްދެނީ. އެހެންމަ އަޅުގަނޑުމެން މި ސުވަރުގޭގެ މީރުވަހާއި ސުވަރުގޭގެ މީރު ބުއިންތަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދެއްވާ މަތިވެރި ނިޢުމަތުގެ ޝައުޤުގަ ދުނިޔޭގަ އަޅުގަނޑުމެންގެ ހިތްތަކަށް ޝައިޠާނާ ޝައުޤުވެރިކުރާ، ޒީނަތްތެރިކުރާ އެންމެހާ ކަންކަން އަޅުގަނޑުމެން ދޫކޮށްލަންވީ. ދޫކޮށްލައިފިކަމުގައި ވާނަމަ އޭގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮ ދާއިމީ ނިޢުމަތް ﷲ ސުބުޙާނަހޫ ވަތަޢާލާ ﷲ މިންވަރު ކޮށްދެއްވާނޭ.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން