ކިރިޔާ ކަމެއްވާއިރަށް ރުޅިގަދަކޮށް ބާރުދައްކާ ދައްކާ މީހުންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކިރިޔާ ކަމެއްވާއިރަށް ރުޅިގަދަކޮށް ބާރުދައްކާ ދައްކާ މީހުންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫން!: މުފްތީ މެންކް

ކަމެއްދިމާވާއިރަށް ރުޅިގަދަވެ އަޑުގަދަކޮށް ގައިގެބާރު ދައްކާހިތްވާ މީހުންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫނެވެ. ޙަޤީޤީ މުސްލިމުން އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. ތިމާވެސް އުފެއްދެވި ﷲ ތަޢާލާ އުފައްދަވާފައިވާ އެއްވެސް މީހަކާއިމެދު (އެއްވެސް އިންސާނަކާއިމެދު) އެހައި ރަޙުމްކުޑަކޮށް ކަންތަކެއް ނުކުރާނެއެވެ.

ބައެއް މީހުން ތިބެނީ ރުޅި އަންނަން ފުރުޞަތަކަށް ބަލަބަލައެވެ. ރުޅި އައިސް ތިމާގެ ބާރު ދައްކައިލާނެ ފުރުޞަތަކަށެވެ. އެމީހުންނަށް ހީވަނީ ކަމެއް ދިމާވާއިރަށް ބާރަށް އަޑުގަދަކޮށްފައި ދޮރުގައި ނުތަ ސޯފާގައި ނުވަތަ އެނޫންވެސް ތަނެއްގައި ބާރަށް ފައިން ޖެހުނުވަރަކަށް އޭނާގެ ޤަދަރާއި ބާރުވެރިކަން މަތިވެގެންދާނެ ކަމަށެވެ.

މިސާލަކަށް ބުނާނަމަ ފަހަރީގެ އަތުން ބިއްލޫރިތަށްޓެއް ތެޅުމުން ރުޅިގަދަވެ އެބަ މިބުނި ފަދަ ކަންކަން ކުރެއެވެ. ކާތަކެތީގެ ރަހަ ހުންނަން ބޭނުންވާ ފެންވަރުގައި ނެތުން ފަދަ ކުދިކުދި ކަންކަމުގައިވެސް މެއެވެ.

މިފަހަރު ތަށިވެއްޓުނީ ފަހަރީގެ އަތުންނެވެ. ތިބާގެ އަނބިމީހާގެ އަތުންވެސް ވެއްޓިދާނެއެވެ! ހަމަ އެހައި ފޯރި ދައްކައިވެސް ލެވިދާނެއެވެ! ނިކަން ބުނެބަލާށެވެ! ތިބާގެ އަތުން ހަމަ ތަށްޓެއް ނުވެއްޓެނީހެއްޔެވެ؟ ނޫނީ ނުވެއްޓޭނީ ހެއްޔެވެ؟

ހުރިހާވެސް މައްސަލައަކީ ވެއްޓި ތެޅުނީ ތިމާގެ ތައްޓެއް ކަމަށް ޤަބޫލުކުރެވޭތީއެވެ! ބަލަ އެއީ ތިބާގެ ތައްޓެއްވެސް ނޫނެވެ. އެތަށިގަނެވިފައި އެހުރީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ތަނަވަސްކަމުންނެވެ. އެކަމަށް ވިސްނައިލާނަމަވެސް އެހައި ގޮތްގޮތަކަށް ކަންކަމެއް ނުކުރާނެއެވެ. އެހެނެއް ނޫނެވެ. އިތުރަށް ފަރުވާތެރިވެގެން އުޅެން ނަޞޭޙަތްދެވިދާނެއެވެ. އެއީއަކީ މައްސަލައެއް ނޫނެވެ.

ނިންމާލަމުންވެސް ބުނަމެވެ. މިފަދަ ކަންކަމުގައި ރުޅިގަދަކޮށް އަތްއިސްކޮށް، ބާރަށް ބަސްބުނެ ޕަވަރު ދައްކާ މީހުންނަކީ "ޓްރޫ" (ޙަޤީޤީ) މުސްލިމެއް ނޫނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން