ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދުމުގެ ބޭނުމުގަ ﷲ ނަހީކުރެއްވެވި ކަންކަން ކުރީމާ ކުރިމަތިވާނީ ދިގުދެމިގެންދާނެ މުޞިބާތްތަކެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދުމުގެ ބޭނުމުގަ ﷲ ނަހީކުރެއްވެވި ކަންކަން ކުރީމާ  ކުރިމަތިވާނީ ދިގުދެމިގެންދާނެ މުޞިބާތްތަކެއް!: މުފްތީ މެންކް

ކީރިތި ޤުރްއާނުގައި އޮތް މަގުގައި ސާބިތުވެއްޖެ ނަމަ މައްސަލަ ހައްލުކުރަން މުއްދަތެއް ނަގައިފާނެއެވެ. އިންތިޒާރުގަ ދުވަސްތަކެއް ހޭދަކުރަންވެސް ޖެހިދާނެއެވެ. ނަމަވެސް ތަފާތަކީ ކެތްތެރިވެ ﷲ ތަޢާލާ އެންގެވި މަގުން ޙައްލު ހޯދުމުން ލިބޭ ޙައްލުގައި ފައިދާ ބޮޑުކަމެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢްމަތުގެ ފައިދާ މާބޮޑުވާނެ ކަމެވެ.

މިކަމުގެ އެންމެ ޢާންމު މިސާލަކީ ފައިސާގެ މައްސަލަތަކެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދުމުން މައްސަލަ އަވަހަށް ޙައްލުވެދާނެއެވެ. ނަމަވެސް އެކަން އެމީހަކާއި ދެމިއޮންނާނީ ދާދި ކުޑަ ވަގުތުކޮޅަށެވެ. އެއަށްފަހު އެމީހަކަށް ކުރިމަތިލާން ޖެހޭނީ ތަފާތު ބޮޑެތި މުޞީބާތްތަކާއިއެވެ. އުލެން ޖެހޭނީ އެކަންކަމުން އަރައިނުގަނެވިގެންނެވެ. ކިތަންމެ ގިނަ ފައިސާ އަތުގައި ހުރި ނަމަވެސް އެއްވެސް އުފާވެރިކަމެއް ނުލިބިގެންނެވެ. ޞިއްޙީ މައްސަލަތަކާއި ޢާއިލީ މައްސަލަތަކުން އަދި އެނޫންވެސް މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ.

އެއިގެ ބަދަލުގައި ﷲ ތައާލާ ހުއްދަކުރެއްވެވި ގޮތުގައި ފައިސާ ހޯދުމުން އެމީހާ އަބަދުވެް ހުންނާނީ އުފަލުގައެވެ. ހިތްދަތިކަމެއް ތަކުލީފެއް ކުރިމަތިވި ނަމަވެސް ހައްލު ލިބި ހިނިތުންވާނެ ފުރުޞަތު ލިބުން އަވަސްވާނެއެވެ! އިން ޝާ ﷲ ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް އެފަދަ އުފާވެރިކަމުގައި ދިރިއުޅޭ، ﷲ ތައާލާއަށް ކިޔަމަންތެރި ބއަކު ކަމުގައި ލެއްވެވުމެވެ. އާމީން

އިންސާނުންގެ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނުން އުފެއްދެވި ﷲ ތަޢާލާއެވެ. އެހެންކަމުން އިންސާނުންނަށް ކުރިމަތިވާނެ ކަންކަމާއި އެކަންކަމުގެ ޙައްލު ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.

ނަމަވެސް ހިތާމައަކީ މިއަދު ކީރިތި ޤުރްއާނަށް ނުބަލައި އެންމެ ފަސޭހަ ގޮތް ވީހައި އަވަހަކަށް ހޯދައި މައްސަލަ ހައްލުކުރުމުގެ ވިސްނުން ގެންގުޅެވޭ ކަމެވެ. ނަތީޖާއަކަށްވެގެންދަނީ އަވާމެންދުރެއްގެ ތެރެއަށް ޣަރަޤުވެގެން ދިއުމެވެ. ކަންތައް ތަކެއް ހުވަފެނެއްގެ ގޮތުގައި ލިބި ދާދި އަވަހަށް އެކަންކަން އަތުން ބީވެގެން ދިއުމެވެ. ކުރިމަތިލާންޖެހޭ ނިކަމެތިކަން އެތައް ގުނައަކުން ބޮޑުވެ އިތުރުވެގެންދާކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން