ބަލިތައް ގިނަވެ ޙަސަދައާ އެސްފީނާ ޢާންމުވެފައިވާއިރު ތިމާމެންނާ ދަރިން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މިކަންކަން ނުކޮށް ތިބެން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބަލިތައް ގިނަވެ ޙަސަދައާ އެސްފީނާ ޢާންމުވެފައިވާއިރު ތިމާމެންނާ ދަރިން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މިކަންކަން ނުކޮށް ތިބެން ހެޔޮނުވާނެ!

މަގުމަތީގެ ނުރައްކައުތެރިކަމުންނާއި ނުރައްކައުތެރި ފަނިފަކުސަތަކުންނާއި ސިހުރާއި އެސްފީނާ އިން ސަލާމަތްވެތިބުމަށް ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު ކުރިސި އާއި އަލްއިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ! އެމީހަކަށް ﷲ ތަޢާލާ ރައްކަތެރިކަން ދެއްވަވާނެތެވެ! އެމީހާއަށް ތަފާތު ދައްކަވާނެތެވެ! އިން ޝާ ﷲ -- މުފްތީ މެންކް

ނަންހުސްކޮށް ނުރައްކައުތެރި ރޯގާތައް އަހުރެމެން ވަށާލައިފިއެވެ. ގެއިން ބޭރަށް ދަރިން ނެރެންޖެހެނީ ބިރުން ތިބެއެވެ. ސްކޫލަށް ފޮނުވަންޖެހެނީ ބިރުން ތިބެއެވެ. ހޮސްޕިޓަލްތައް ފުރިބާރުވެފައެވެ.

މިފަދަ ބަލިތައް ޖެހުމުން އެނގެއެވެ. ޓެސްޓްތައްކޮށްގެން ބަލިދެނެގަނެވެއެވެ. ނުރައްކައުތެރިކަން ބޮޑީ ޓެސްޓްތަކުން ނުފެންނަ މުޞީބާތްތަކެވެ. ޑޮކްޓަރުންނަށް ގޮތް ނުއެނގޭ ބަލިތަކާއި އުނދަގޫތަކެވެ. މިބުނެވެނީ ޙަސަދަ އާއި އެސްފީނާއިން ޖެހޭ މުޞީބާތްތަކުގެ ވާހަކައެވެ.

މިޙާލަތުގައި ކޮންމެ ބޭފުޅަކު ވެސް މުފްތީ މެންކް ވިދާޅުވެފައިވާ ފަދައިން ޢަމަލުކުރައްވާށެވެ! އަދި ދަރިންލައްވައިވެސް ޢަމަލުކުރުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިއެދި ތިބޭށެވެ! ރައްކައުތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!

 

 

 

މިއަދު އޮންލައިން