ހިތުގަ ﷲ ތަޢާލާއަށް ބިރުވެތިކަން އޮތްނަމަ ކައިވެނިކުރެވުމާއެކު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ބައިވެރިޔާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހިތުގަ ﷲ ތަޢާލާއަށް ބިރުވެތިކަން އޮތްނަމަ ކައިވެނިކުރެވުމާއެކު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ބައިވެރިޔާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރުމަށެވެ!

މިޒަމާނުގައި ހަމަހުރެފައި ކައިވެނިކުރާނީ ވަރަށް މަދުމީހެކެވެ. ގިނަ ބައަކު ކައިވެނިކުރަނީ އެކުގައި އެތައް ވަގުތުތަކެއް ހޭދަކޮށް ސިފަތަކާއި ރުހި ޤަބޫލުވެގެންނެވެ. އެހެންކަމަށްވާއިރު ކައިވެނިކުރުމަށްފަހު ޙަޔާތުގެ ބައިވެރިޔާ ފެނުމުން ލޮލަށް ފިނިކަން ނުލިބޭ، ހިތަށް ހިތްހަމަޖެހުން ނުލިބޭ މީހަކަށް ގާތީ އުފާވެރި ދިރިއުޅުމެއް ދުވަހަކުވެސް ނުލިބުމެވެ!  

އަދިކީއްހެއްޔެވެ؟ ލޯބިވުމަށްފަހު، ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން ބޭނުން ނުވާ ނުވަތަ އެކަމަށް މަސައްކަތްނުކުރާ މީހާގެ ކިބައިގައި އެއްވެސް ވަރަކަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަން ހުންނާނެ ކަމާއިމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދެއެވެ. 

އަހަރެންގެ ތަޖުރިބާއަށް ބަލައި ބުނަންޖެހެނީ އެމީހެއްހެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އޮތްނަމަ އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހާގެ ކިބައިގައިވާނަމަ ކައިވެނިކުރާ ވަގުތުން ފެށިގެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ބައިވެރިޔާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރުމަށެވެ.  

އެހެން ނޫންނަމަ އެމީހެއްގެ ކިބައިގައި އަބަދުވެސް ސިއްރުކުރެވިފައިވާ ކަންތައްތަކެއްވާނެއެވެ.  މަކަރުވެރި އެޖެންޑާއެއް ފޮރުވައިގެން ގެންގުޅޭނެއެވެ! އަދި ގިނަ ފަހަރު އެ އެޖެންޑާ ވާނީ އޭނާގެ ހަލާކަށެވެ!  

- އަލަފް

މިއަދު އޮންލައިން