ޤާނޫނީ ޢުމުރު ހަމަވުމަކީ ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤާނޫނީ ޢުމުރު ހަމަވުމަކީ ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުން ހުއްދަވާ ސަބަބެއް ނޫން!

18 އަހަރު ފުރެންދެން ދަރިންގެ ކަންކަން ބަލަހައްޓަން މައިންބަފައިންނަށް ލާޒިމުކުރަނީ އިންސާނުން ހަދާ ޤާނޫނުތަކުގައެވެ. އެއީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ. ކިޔަވައިދީ ދީނުގެ ކަންކަން އުނގަންނައި ދިނުމަށެވެ. ދީނަށް ޢަމަލުކުރަން ތަރުބިއްޔަތުކުރުވުމަށެވެ. 

ދަރިންނަށް ކިތަންމެ ގިނަ އަހަރުތަކެއް ފުރުނަސް ދަރިން ވާނީ ދަރިންނަށެވެ. ނުރަނގަޅު ކަމެއް ކުރާނަމަ ހެޔޮ ނަޞޭޙަތްދޭންވާނެއެވެ. ދީނާއި ދުރުހެލިވާނަމަ ނުވަތަ ދަރިންގެ ޢާއިލީ ދިރިއުޅުން ބަނގުރޫޓުވަމުންދާނަމަ ނަޞޭޙަތްދޭންވާނެއެވެ. 

ރަނގަޅުވާހަކައކެވެ. ދަރިން ބޮޑެތިވުމުން ކުރާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ދަރިންނެވެ. ބޮޑެތިވުމަސްފަހު ކުރާ ކުށުގެ ޒިންމާ އުފުލާކަށް މައިންބަފައިންނަކަށް ނުޖެހޭނެއެވެ. ނަމަވެސް އެއީ ދަރިންނަށް ހެޔޮނަޞޭޙަތް ނުދީ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑެތިކުރާފަހުން މަގުއޮޅި ގޯސްކޮށް އުޅެންފަށައި މައިންބަފައިންނާއި ދުރުވުމުން ދަރިފުޅު އެހެރީ ބޮޑުވެފައިކަމަށް ބުނެ އަޅާނުލާ ރަނގަޅަށް އުޅުމަށް ހިތްވަރު ނުދީ ތިބެގެން ނުވާނެއެވެ. އަދި އެގޮތަށް އުޅޭނަމަ ނުބައި ބަސްތައް ބުނެ ބަދު ދުޢާ ކުރުން ފަދަ ކަންކަން ކޮށްގެންވެސް ނުވާނެއެވެ. ދަރިފުޅު ކިތަންމެ ބޮޑުވިޔަސް އޭނާއަށް ރަނގަޅު މަގުދައްކައި ހަމަމަގަށް އެޅުވުމަކީ މައިން ބަފައިން ކުރަންޖެހޭނެ ކަމެކެވެ.

މިއަދު އޮންލައިން