ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ފާފަތައް ކުރެވުމުން ބައެއް މީހުންނަށް ވިސްނެނީ ތިމާ ތައުބާވީނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވަވާނެ ކަމަށެވެ. ﷲ ތަޢާލާ ތިމާގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ. ﷲ ތަޢާލާ މިހާރު ތިމާއަށް ކޯފާވެވޮޑިގެން ހުންނަވާނެ ކަމަށެވެ. 

މިފަދަ ވިސްނުންތައް އައުމުން ގޮސް ހެޔޮލަފާ މީހުންގެ މީހުންގެ ކިބައިން ކަންކަމަށް އެބަ އެދެއެވެ. ތިމާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށެވެ. ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށްތިނުމަށެވެ. ތިމާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވުން އެދި ދުޢާކޮށްދިނުމަށެވެ. 

މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރަތަމަ ދުޢާކުރަންވާނީ ތިމާ އަމިއްލައަށެވެ. ތިމާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް އެއްވެސް މީހެއްގެ ކިބައިން އެދެންވާނީ ތިމާ ދުޢާކުރަމުންނެވެ. 

ނޫންނަމަ އެދެވެނީ ޝިރުކާއިދިމާއަށެވެ. ތިމާއަށް ކަމަކަށް ބޭނުންވުމުން އެހެން މީހަކު މެދުވެރިކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. މުސްލިމުންނަކީ އެއްވެސް ކަމަކަށް ބޭނުންވެގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން އިތުރު މީހަކު މެދުވެރިކުރަންޖެހޭ ބައެއް ނޫނެވެ. އޮތީ ސީދާ އެމީހަކު ދެންނެވުމެވެ. 

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އެމީހަކު ތައުބާވެ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެކަމަށް ޝައްކުވެސް ކުރާކަށް ނުޖެހޭނެއެވެ. ވީމާ މިކަންކަމަށް ސަމާލުކަންދޭށެވެ. ކުރާ ދުޢާގެ ތެރެއިން ޢިޖާބަކުރައްވަވާނެކަން އެންމެ ޔަޤީންކަން ބޮޑު ދުޢާއަކީ އިޚްލާޞްތެރިކަމާއިއެކު ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

މިއަދު އޮންލައިން