އިންސާން ސޫރަތުގައިވާ ވާހަކަތައް- 4

ކިޔުމަށް ހޭދަވާނީ 3މ 13ސ
އިންސާން ސޫރަތުގައިވާ ވާހަކަތައް- 4

ޢާއިޝަތު ރަފާޙް ޢަލީ

 

· ހެޔޮލަފާ މީހުންގެ ޚިދުމަތުގައި ކުދީން ބުރުޖަހާނެކަން:

ﷲ ތަޢާލާ އިންސާން ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَيَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ﴿١٩﴾‏

މާނައީ: "އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ. (19)" 

· ސުވަރުގޭގައި ލިބޭ ނިޢްމަތްތައް ޢަދަދު ނުކުރެވޭހާ ގިނަވާނެކަން: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ﴿٢٠﴾‏

މާނައީ: "އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ. (20)" 

· ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލެއްވޭނެކަން: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

عَٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍ وَسَقَىٰهُمْ رَبُّهُمْ شَرَابًا طَهُورًا ﴿٢١﴾‏

މާނައީ: "ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ." (21) 

· އެމީހުންގެ ޢަމަލުތަކަށް ލިބޭ ހެޔޮ ޖަޒާއެއްކަން އެންގެވުން: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ هَٰذَا كَانَ لَكُمْ جَزَآءً وَكَانَ سَعْيُكُم مَّشْكُورًا ﴿٢٢﴾‏

މާނައީ: (އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ. (22) 

މިއަދު އޮންލައިން