ސުވަރުގޭގެ މަންޒަރުތަކުގެ ތެރެއިން ސުވަރުގޭގަ އާންމުކޮށް، ސުވަރުގޭގެ ކުލައަކީ ކޮބައިތޯ؟ ކޮންމެ ތަނެއްގަވެސް ހުންނާނެ ވަކި ތީމެއް. އެހެންވީމަ ސުވަރުގޭގެ ކުލައިގެ ގޮތުން ސުވަރުގޭގެ ތީމަކީ ކޮބައިތޯ؟ ކޮން ކުލައެއްތޯ؟
އަޅުގަނޑުމެންނަށް އިނގޭ ސުވަރުގެއަކީ ވަރަށް ގަސް ބޯތަނެއް. އެތާންގަ ވަނީ އެތައް ބައިވަރު ބާވަތެއްގެ ގަސްގަހާގެއްސާއި އެ ގަސްގަހުގައި އަޅާ މާމެލާމެލިން ޒީނަތްތެރި ކުރެވިފައިވާ ތަނެއް އެތަނަކީ. އެތަންތާންގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަ، އިންސާނުންގެ ލޯތަކަށް އުފާވެރިކަން ގެނެސްދޭ ރީތި މަންޒަރުތަކެއް ވާތަނެއް ސުވަރުގެއަކީ. ސުވަރުގެ މާނައަކީވެސް
(އަލްޖައްނަތު) މާނައަކީވެސް ބަގީޗާ. އެހެންވީމަ ސުވަރުގޭގަ ގަސްތައް ބޯވާނެ. އެހެންވީމަ ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ސުވަރުގޭގެ ދަރަޖަތައް ސިފަކުރައްވާ ބަޔާންކުރައްވާފަވޭ (އަރަބި) " ފަހެ އެ ދެ ސުވަރުގެއެއީ (ކުރިން އެ ދެ ސުވަރުގޭގެ ވާހަކަ ބަޔާން ކުރައްވާފަވީ، ދެ ސުވަރުގޭގެ ސިފަ މި ބަޔާން ކުރައްވަނީ.) ގަސްގަހުގެ ފަތްތައް ބޯވެ ކަޅުފެހި ކުލަ ލިބިގެންވާ ތަނެކެވެ."
އެއީ އަޅުގަނޑުމެންނަށް އިނގޭ އަޅުގަނޑުމެން ދުނިޔޭގަވެސް ގަހަކަށް ރަނގަޅަށް ކާނާ ލިބި ގަހަކަށް ރަނގަޅަށް ފެން ލިބި އެ ގަހަށް ބޭނުންވާ ހެދުމުގެ ހުރިހާ އެއްޗެއް ފަހިވާން ފަށައިފިއްޔާމު އެ ގަހުގެ ފަތުގެ ކުލަ ފެހިކަން ގަދަވެގެންގޮސް ކަޅުކުލައާ ގާތަށް ވަރުގަދަވެފަ ހުންނާނީ. އޭގެ މާނައަކީ އެ ގަހަށް ލިބެންޖެހޭ ކާނާއާއި ފެނާއި ހުރިހާ އެއްޗެއް ބަރާބަރަށް ލިބޭ ގަހެކޭ އެ ގަހުގެ ފެހިކުލަ އަލިކޮށް ހުރުމަށް ވުރެ ގޮސް ކަޅުވުމާ ގާތަށް ގޮއްސިއްޔާ އޭގެ މާނައަކީ ވަރަށް ރަނގަޅަށް ހެދޭ ގަހެކޭ.
އެހެންމަ ސުވަރުގޭގެ ކޯރުތަކާއި ސުވަރުގެއިން ލިބޭ ކާނާގެ ތެރޭގަ ގަސްގަހާގެހި ރަނގަޅަށް ހެދި ގަސްތަކުގައި ފަތްތަކާއި އެއްޗެހި ފެހިކުލަ ގަދަވެގެންގޮސް އެ ކުލަ ކަޅުވުމާއި ގާތަށް މުޅި ސުވަރުގޭވާނީ ފެހިކުލައިންނެވެ. އެހެންވީމަ ސުވަރުގޭގެ، މައިގަނޑުގޮތެއްގައި ސުވަރުގެއިން ފެންނާނެ ކުލައަކީ ފެހިކުލަ. އެއީ އެތަނުގައިވާ ގަސްގަހާ ގެހީގެ ފަތްތަކުގެ ފެހިކުލައިގެ ސަބަބުން މުޅި ސުވަރުގެ ވާނީ ފެހި ކުރެވިފަ. ދެން އެގަސްތަކުގައި އަޅާފައިވާނީ މާމެލާމެލި. އެ މާމެލާމެލި އެއީ އެ ސުވަރުގޭގެ މައިގަނޑު ވަހަކީ.
-- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން