ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވައި އުފާވެރިކަން ލިބުމަށް އެދޭމީހާއަށް އޮތް އުފާވެރި ޚަބަރު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވައި އުފާވެރިކަން ލިބުމަށް އެދޭމީހާއަށް އޮތް އުފާވެރި ޚަބަރު- ޤުރްއާނުން

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60) 

މިއާޔަތުގެ ފުރަތަބައި: "އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ...."  

އެންމެ ގިނަ މީހުން ސަމާލުކަންދެނީ އާޔަތުގެ މިބައަށެވެ. އެއީވެސް ހަމަ ރަނގަޅުކަމެކެވެ. ހިތްވަރު އެދެވެނީ ދުޢާ ކުރުމަށެވެ ވިއްދައިގެނެ މިވަނީ ދުޢާ ކުރުމުން ތިމަން ﷲ އިޖާބަ ކުރައްވަވާނެ ކަމަށެވެ.  

އެހެނަސް މިވަރުން ދޫކޮށްނުލާށެވެ! އާޔަތުގެ 2 ވަނަ ބައިގައިވެސް ހިފާށެވެ! "---ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ."  

ދުޢާ ކުރުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. މުޞީބާތާއި ހިތްދަތިކަމުގެ ވަގުތުގައި ދުޢާކުރުން ގިނަކުރަން ޖެހޭނެއެވެ. އާޔަތުގެ ފުރަތަމަ ބައިގައި ވަހީ ކުރައްވަވާފައި އެވަނީ ދުޢާ ކުރާ މީހާއަށް ހުރި ރަޙްމަތުގެ ވާހަކައެވެ! ދުޢާ އިޖާބަކޮށްދެއްވެވުމަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟ ވިއްދައިގެން މިވަނީ އެގޮތަށް އެކަން ނުކުރާ މީހުންނަށް (ދުޢާކުރަން ބޮޑާވެގަންނަ މީހުންނަށް) ހުރީ ނަރަކަކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން