ވާހަކަދައްކާއިރު ވީހާގިނައިން ﷲ ގެ ނަންފުޅު ގެނައުން އާދަކުރާށެވެ! ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވާހަކަދައްކާއިރު ވީހާގިނައިން ﷲ ގެ ނަންފުޅު ގެނައުން އާދަކުރާށެވެ! ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

މިހާރަކަށް އައިސް ދައްކާ ވާހަކައިގައި ﷲ ތަޢާލާގެ ނަންފުޅު ގެންނަން ބޭނުންނުވާ މީހުން އެބައުޅެއެވެ. ނުވަތަ ﷲ ގެ ނަންފުޅު ގެންނަން ޖެހިލުންވާ މީހުން އެބައުޅެއެވެ. އެކަމަށް ފަރުވާކުޑަކުރެވޭވަރު ބޮޑުވަމުންގޮސް އެކަން ކުރަން ހަނދާން ނުހުންނަ މީހުންވެސް އެބައުޅެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. 

މިހެން މިބުނަނީ "ﷲ މިންވަރުކުރެއްވިއްޔާ" އަބަދުވެސް ހިތުގައި އޮންނަ ކަމަށް ބުނެ ދުލުން ނުކިޔާ ބައަކު އުޅޭތީއެވެ. އަހަރެމެންނަށް އޮތީ ވީހައި ގިނައިން އިން ޝާ ﷲ ކިޔުމެވެ. 

މިހިރީ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. ކޮންމެ މީހަކީ ވެސް ﷲ ތަޢާލާގެ ނަންފުޅު މަތިވެރިކޮށް ޙުކުމްފުޅުތައް ބިންމަތީގައި ތަންފީޒުކުރަން މަސައްކަތްކުރާ މީހަކަށް ވާންވާނެއެވެ! މުސްލިމް ނޫން މީހަކާއި ވާހަކަ ދެއްކި ނަމަވެސް "އިފް ގޯޑް ވިލިންގ" ބުނުމުގެ ބަދަލުގައި އިން ޝާ ﷲ ބުނާށެވެ! "ގޯޑް އެއީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ނަމެއް ނޫނެވެ. ހުރިހާ ކަލާނގެތަކަށް ކިޔާ ޢާންމު ނަމެކެވެ. ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ނަންފުޅުތައް އޮނަސައްތަ އިސްމުފުޅުގައި އެހުރީއެވެ. 

ހަމައެއާއިއެކު ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ! ކަންކަމަށް އެދި ގިނަގިނައިން ދުޢާކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން