ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ހުއްޓާލައިގެން ނުވާނެ! މަދުވެގެން ކޮންމެ ދުވަހަކު 2 އިރު ދުޢާކުރަންވާނެ!

ކިޔުމަށް ހޭދަވާނީ 3މ 24ސ
ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ހުއްޓާލައިގެން ނުވާނެ! މަދުވެގެން ކޮންމެ ދުވަހަކު 2 އިރު ދުޢާކުރަންވާނެ!

ޢާއިޝަތު ރަފާހް އަލީ

 

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ))  

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ." 

ޙަސަދަވެރިކަމަކީ އެހެން އިންސާނަކަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމެވެ. 

މި ޙަދީޘްފުޅުގައި ވާފަދައިން ޙަސަދަވެރިކަމަކީ މުއުމިނުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ޙަސަދަވެރިކަމުން ރައްކާތެރިވުމަށެވެ. އަދި އަބަދުވެސް ދުޢާތަކާއި ޛިކުރުތައް ކިޔުމަށެވެ.

ﷲ ތަޢާލާ ފަލަޤް ސޫރަތުގައިބެސް އަންގަވާފައިވެއެވެ. 

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾‏ مِن شَرِّ مَا خَلَقَ ﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾‏ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. (3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. (5)" 

މީގެ އިތުރުން މި ސޫރަތް ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަޖކުގައި 3 ފަހަރު ކިޔުމަށް އައިސްފައިވެއެވެ. އެހެންކަމުން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެން މިފަދަ ދުޢާތައް ކިޔުމަށް އިތުރު ސަމާލުކަން ދޭންޖެހެއެވެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ ނުބައި ޢަމަލުތައް އިޞްލާޙް ކުރަންޖެހެއެވެ.

މިއަދު އޮންލައިން