ފުރަތަމަ ބޭސްކުރަންވީ އެންޒައިޓީއަށް ހެއްޔެވެ؟ ނުނިދޭތީ ހެއްޔެވެ؟ ސުވާލަށް އަހުރެންހެ ޖަވާބާއި ޙައްލު!: ޑރ. ޔޫސުފް ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފުރަތަމަ ބޭސްކުރަންވީ އެންޒައިޓީއަށް ހެއްޔެވެ؟ ނުނިދޭތީ ހެއްޔެވެ؟ ސުވާލަށް އަހުރެންހެ ޖަވާބާއި ޙައްލު!: ޑރ. ޔޫސުފް ޒައިދު

ފުރަތަމަ ބޭސްކުރަންވީ އެންޒައިޓީއަށް ހެއްޔެވެ؟ ނުނިދޭތީ ހެއްޔެވެ؟ މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. އެހެންވެ އަހުރެންގެ ތަޖުރިބާގެ އަލީގައި ޖަވާބެއްދޭން މަސައްކަތްކޮށްލާނަމެވެ.

އެންޒައިޓީ ނުވަތަ ހާސްވެ ކަންބޮޑުވުން، ފިކުރުބޮޑުވުން ފަދަ މައްސަލަތައް ކުރިމަތިވުމުން މީހާގެ ނިދީގެ ވައްޓަފާޅި ބަދަލުވެގެންދެއެވެ. ގިނައިރު ނުނިދައި ހޭލައި އުޅެވެއެވެ. އެހެންވެ މިކަންކަމަށް ދޭ ފަރުވާގެތެރޭގައި ނިދާބޭސް ހިމެނެއެވެ. އެއީ ހަމައަށް ނިދިގެން ނޫނީ މިފަދަ މައްސަލަތަކަށް ފަރުވާއެއް ނުލިބޭތީއެވެ. 

މިފަދަ ބޭސްތައް ކާނަމަ އެމީހަކަށް އިތުރު މައްސަލަތައް ކުރިމަތިވާން ފަށައެވެ. ނާރުތަކުގެ ބާރުދެރަވެގެންދެއެވެ. ދެމަފިރިކަމުގެ ގުޅުން ނުހިންގޭ ޙާލަތަށް ގޮސް އެކަމަށްވެސް ބޭސްކާންޖެހެއެވެ. އެހިސާބުން ކުރިމަތިއެވަނީ އަނެއްކާވެސް އިތުރު މައްސަލައެކެވެ. ނާރުތަކުގެ ބާރު ދެރަވާނެ އިތުރު މައްސަލައެކެވެ. 

އަހުރެންގެ ކްލައިންޓުންގެ ގާތުގައި ބުނަނީ ފުރަތަމަ ލުއި ބޭހެއް ނުދަން ބޭނުންކޮށްލުމަށެވެ. އަދި ޑޮކްޓަރުން ބުނާވަރަށްވުރެ އިތުރަށް އެންމެ ބޭސްގުޅައެއްވެސް ނުކެއުމަށެވެ. އަދި 2 ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ބޭހާނުލައި ނިދޭނެ ގޮތެއް ހޯދުމަށެވެ. 

އެކިމީހުންނަށް އޮތީ އެކިފަރުވާއެވެ. ހަށިގަނޑަށް ވަރުބަލިކަން ލިބެންދެން ދެއިރު ކަސްރަތުކުރުމަކީވެސް ނިދަން ފަސޭހަވާކަމެކެވެ. ޓީވީ ނުވަތަ ފޯނުބެލުމަކީ ނިދިއައުން ދުރުކުރާ ކަމެކެވެ. ކޮމްޕިޔުޓަރުގެ ސްކްރީނަށް ގިނައިރުބެލުންވެސްމެއެވެ. ވީމާ ރޭގަނޑު އެކަންކަން ނުކުރާށެވެ. އަދި ނިދަން 8 ގަޑިއިރަށް ކައިރިވުމުން ކޮފީބުއިމަކީވެސް ކޮފީބޯން އާދަވެފައި ތިބޭ މީހުންނަށް ފިޔަވައި ގިނަ ބައަކަށް ނިދަން އުނދަގޫވާ ކަމެކެވެ. 

ނިދަންވުމުން ތާފަނާ ފެނުން ފެންވެރުމަކީ ނުވަތަ ގައިދޮވެލުމަކީވެސް ފަސޭހައިން ނިދިއަންނަ ކަމެކެވެ. އެކަން ކުރުމުން އެވަޤުތު ނިދި ފިލި ނަމަވެސް 20 ވަރަކަށް މިނިޓުތެރޭގައި އަރާމު ނިންޖަކުން ނިދޭކަން ތަޖުރިބާއިން އެނގެއެވެ. 

ރަނގަޅަށް ނިދޭނަމަ އެންޒައިޓީގެ މައްސަލަތައް ކުޑަވެގެންދާނެއެވެ. ސިކުނޑި ތާޒާވަމުންދާނެއެވެ. ވީމާ އަހުރެން ބުރަވަނީ ފުރަތަމަ ކަމަކަށް އަމިއްލައަށް ނިދިމެނޭޖްކުރަން މަސައްކަތްކުރުމަށެވެ. އެކަން ކާމިޔާބުކުރެވިއްޖެނަމަ ހަމަޖެހިލައިގެން ހުރެވޭނެއެވެ. އިން ޝާ ﷲ 

- ޑރ. ޔޫސުފް ޒައިދު 

 

މިއަދު އޮންލައިން