މަލާއިކަތްބޭކަލުން- 8: އުޑުގައި ސަޖިދައިގައި މަލާއިކަތަކުނެތް ހަތަރު އިނގިލިހާ ހުސް ތަންކޮޅެއްވެސް ނުވެއެވެ!

ކިޔުމަށް ހޭދަވާނީ 1މ 43ސ
މަލާއިކަތްބޭކަލުން- 8: އުޑުގައި ސަޖިދައިގައި މަލާއިކަތަކުނެތް ހަތަރު އިނގިލިހާ ހުސް ތަންކޮޅެއްވެސް ނުވެއެވެ!

ޢަލީ އިޙްޞާން ފިރާޤް

 

އަބޫޛައްރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. 

އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންނަށް ނުފެންނަކަންތައްތައް ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. އުޑުން ހުންނަނީ އަޑުތައް އިވިއިވިއެވެ. އުޑުން އަޑުތައް އިވުން ޙައްޤުވޭމެއެވެ. އެހެނީ، އުޑުގައި އެ ބޭކަލެއްގެ ނިތްކުރިފުޅު ﷲ އަށް ކިޔަމަން ކުރައްވައި ސަޖިދައިގައި މަލާއިކަތަކުނެތް ހަތަރު އިނގިލިހާ ހުސް ތަންކޮޅެއްވެސް ނުވެއެވެ. މާތްﷲ ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް އެނގޭކަމުގައިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން ހުނީހީ ވަރަށް މަދުންނެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ރުއިން ގިނަވެއްޖައީހެވެ. އަދި ހަމަކަށަވަރުން ތަންމަތިތަކުގައި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން އެއްވެސް ލައްޛަތެއް ލިބިނުގަތީހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ހާމަ މައިދާންތަކަށް ނުކުމެ ﷲ ތަޢާލާގެ ޙަޟުރަތުން ރުއްސަވައިވޮޑިގަތުން ލިބޭތޯ ތިޔަބައިމީހުން އިލްތިޖާކުރަން ފަށައިފީހެވެ.]

{ جامع الترمذي،  كتاب الزهد عن رسول الله صلى الله عليه وسلم، باب فِي قَوْلِ النَّبِيِّ صلى الله عليه وسلم " لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً " .، ޙަދީޘް ނަންބަރު 2312} މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. 

 

 

މިއަދު އޮންލައިން