ނަބިއްޔާ ޞޢވ ގެ ޚުޠުބާތައް-: އިބްނުލް ޤައްޔިމު ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ނަބިއްޔާ ޞޢވ ގެ ޚުޠުބާތައް-: އިބްނުލް ޤައްޔިމު ރަޙިމަހުﷲ

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"އެކަލޭގެފާނުގެ ޚުޠުބާތައް އެކުލެވިގެންވަނީ އީމާންކަމުގެ އުޞޫލުތައް ބަޔާންކޮށްދެއްވުމުގެ މައްޗަށެވެ. އޭގެ ތެރޭގައި ﷲ އަށާއި މަލާއިކަތުންނަށާއި ބާވައިލެއްވުނު ފޮތްތަކަށާއި ރަސޫލުބޭކަލުންނަށާއި އެއިލާހާ ބައްދަލުކުރުމަށް އީމާންވުން އަދި ސުވަރުގެއާއި ނަރަކައިގެ ވާހަކަ ހިމެނެއެވެ. އަދި އެއިލާހަށް ކިޔަމަންގަންނަ، އެއިލާހުގެ ވަލީވެރިންނަށް ތައްޔާރުކުރައްވާފައިވާ ކަންތައްތަކާ އަދި އެއިލާހަށް ނުކިޔަމަންތެރި، އެއިލާހުގެ ޢަދާވާތްތެރިންގެ ވާހަކަވެސް ހިމެނެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޚުޠުބާތަކުގެ ސަބަބުން އީމާންތެރިކަމާއި ތައުޙީދާއި ﷲ ދެނެގަތުމާއި އެއިލާހުގެ ނިޢުމަތްތަކުގެ ވާހަކައިން ހިތްތައް ފުރިގެން ދެއެވެ. 

އެއީ އެނޫން މީހުންގެ ޚުޠުބާތަކާ ތަފާތު ޚުޠުބާތަކެކެވެ. އެހެންމީހުންގެ ޚުޠުބާތަކުގައިވަނީ ޚަލްޤުތަކުންގެ މެދުގައި ހުރި ޢާންމު ކަންތައްތަކެއްގެ ވާހަކައެވެ. އެގޮތުން އެފަދަ ޚުޠުބާތަކުގައި މައިގަނޑު ގޮތެއްގައިވަނީ ދުނިޔަވީ ޙަޔާތާ މެދު ހިތާމަކުރުމާއި މަރަށް ބިރުގެންނެވުމެވެ. ފަހެ ހަމަކަށަވަރުން މިއީ ހިތުގައި ﷲ އަށް އީމާންވުމާއި އެއިލާހު އެއްކައުވަންތަކުރުމާއި އެއިލާހު ދެނެގަތުމާއި އެއިލާހުގެ ނިޢުމަތްތައް ހަނދަމުކުރުން އަށަގަނުވާ ކަމެއް ނޫނެވެ. އަދި ﷲ ދެކެ ލޯބިވުމާއި އެއިލާހާ ބައްދަލުކުރުމުގެ ޝައުޤު އުފައްދާ ކަމެއް ނޫނެވެ. ފަހެ އެފަދަ ޚުޠުބާއެއް އަޑުއެހުމަށްފަހު، މީސްތަކުން ނުކުންނައިރު އެބައިމީހުންނަކީ މަރުވާނެ ބައެއްކަން އެނގުން ފިޔަވާ އިތުރު ފައިދާ އެއް ނުކުރާނެއެވެ. ދެން އޮންނާނީ އެބައިމީހުންގެ މުދާތައް ބެހުމާއި އެބައިމީހުންގެ ހަށިތައް ވެލީގައި ފަނާވުމެވެ! ފަހެ މިފަދަ ޚުޠުބާއަކުން ޙާޞިލުވަނީ ކޮން އީމާންކަމެއް ހެއްޔެވެ! އަދި ﷲ އެއްކައުވަންތަކުރުމާއި އެއިލާހު މަޢުރިފާކޮށް ދެނެގަތުމާ އަދި ފައިދާ ހުރި ޢިލްމުން ޙާޞިލުވާނީ ކޮން މިންވަރެއް ހެއްޔެވެ!" 

[زاد المعاد لابن القيم (1 / 410)] 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން