ޙައްޖަށް ގޮސް އުޅެމުން ތައުބާވި ރާއްޖޭގެ ބޮޑު ސިޙުރުވެރިއަކަށް ޖިންނި ޝައިޠޯނުން ކުރި އަނިޔާތަކުގެ ސަބަބުން މަރުވެދިއަ ގޮތުގެ ވާހަކަ-: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޙައްޖަށް ގޮސް އުޅެމުން ތައުބާވި ރާއްޖޭގެ ބޮޑު ސިޙުރުވެރިއަކަށް ޖިންނި ޝައިޠޯނުން ކުރި އަނިޔާތަކުގެ ސަބަބުން މަރުވެދިއަ ގޮތުގެ ވާހަކަ-: ޝައިޚް އާދަމް ނިޝާން

ޙައްޖުގައި ނިޔާވި ދިވެހި ބޮޑު ސިހުރުވެރިއެއްގެ ވާހަކަ: 

އެއީ މުޅި ރާއްޖެއަށް މަޝްހޫރު ސިހުރުވެރިއެކެވެ. ދެން އަޅުގަނޑުމެން ވިސްނައިފިން މަދީނާއަށް އަންނަ ދަތުރުގަ މަދީނާ ކުދިން އެމީހުންނަށް އެކި ތަންތަނަށް ގެންދިއުމާއި މި ހުރިހާ ކަމެއްގަ އުޅޭނީ. މައުލޫމާތު ދިނުމާއި މަދީނާގެ ތާރީޚި ތަންތަނަށް ގެންގޮސް ދެއްކުމުގައި. 

އަޅުގަނޑުމެން ހަމަ ސީދާ ފޯކަސްކޮށްގެން ދިޔައީ އޭނަ އަރާ ބަހަށް އަޅުގަނޑުމެން އަރަން. އެއީ ސިހުރުގެ ނުބައިކަން ބަޔާން ކޮށްދޭންވެގެން. ދެން ގޮސް ކޮންމެއަކަސް ފުރަތަމަ ހޮޓަލުން ބަހަށް އަރައިގެން ދާނީ އާންމުކޮށް ޤުބާ މިސްކިތަށް. އެއީ ދެރަކްޢަތް ކޮށްފިއްޔާ ޢުމްރާއެއްގެ ޘަވާބު ލިބޭނެ. 

އެހެންމަ އެތަނަށް ދިޔައިރު އަޅުގަނޑުމެން މި ދެއްކީ ކީއްވެތޯ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވީ. ޝިރުކުން ބަރީއަވާންވެގެންތާ. އެހެންވީމަ ޝިރުކުގެ ނުބައިކަމާއި ބިރުވެރިކަން، ދެން އެ ވާހަކަތައް، އޭގެތެރެއަށް ކުޑަކުޑަކޮށް ޝިރުކުގެ ވައްތަރުތައްވެސް އަލި އަޅުވާލިން. 

ދެން އޭނަ އަނެއްހެން ޤުބާ މިސްކިތައް ފޭބިއިރު، ހަމަ ވަރުގަދަކޮށް ހުރިމީހެކޭ، ކުޑަކޮށް އުނދަގޫވެފަ ބަލި ގޮތެއް ވެފަ ހުރީ. ދެން އަޅުގަނޑުމެން ޤުބާ މިސްކިތުން އުޙުދު ހަނގުރާމަ ކުރި އުހުދު ފަރުބަދަ ކާރިއަށް ދާނީ. ދިޔަގަޑީގަ ހަމަ ވަރުގަދަޔަށް ސިހުރާ ބެހޭގޮތުން އަޅުގަނޑު ވާހަކަ ދެއްކީ. ޝިރުކުގެ ޢަމަލެއްކަން އެއީ، ޖިންނި ޝައިޠާނުންނަށް، ﷲ އަށް ކާފިރުވެ ޖިންނިއަށް އަޅުކަން ކޮށްގެން ކުރެވޭ ކަމެއްކަން ހަމަ ވަރުގަދައަށް. 

އުހުދުފަރުބަދަ ކައިރިއަށް އަޅުގަނޑުމެންގެ ބަސް ގޮސް މަޑުކުރިއިރު އޭނަ ވަރަށް ބޮޑަށް ސަކަރާތް ވެއްޖެ، އޭނައަކަށް ބަހުން ނުވެސް ފޭބުނު. ބަސް ތެރޭގަ އިނީ. ދެން އެތަނުން ނިންމާފަ އަޅުގަނޑުމެން ދިޔައީ ދެޤިބްލަ މިސްކިތާ ޚަންދަގު ހަނގުރާމަ ކުރި ހިސާބަށް. ގޮސް ދައްކާލާފަ ހޮޓަލަށް އައި އިރު އޭނައަށް ކުޑަކަމުވެސް ދެވިފަ އިނީ. ދެން އެހިސާބުން ހަމަ ގުޑުވާވެސް ނުލެވުނު. ދެން އެމްބިއުލާންސްގައި ގެންދިޔައީވެސް މައްކާއަށް. ގެންގޮސް އަރަފާތަށްވެސް ގެންދިޔައީ. 

ދެން އައްޔާމު ތަޝްރީރު ދުވަސްތަކުގައި، މިނާގަ ތިބޭ ދުވަސްތަކުގަ އޭނަ ނިޔާވީ. އެތަނުގަ ނިޔާވީ. އާއިލާ މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ޚަބަރު ލިބުނީ އޭނަ އަސްލު އެއްކަލަ ވާހަކަތައް އަޑުއިވިފަ އޭނަ ތައުބާވީމަ، އެއްކަލަ ޖިންނިތައް އޭނައަށް އުނދަގޫކުރަން ފެށީއޭ. އޭގަ އޭނަ ނިޔާވެދިޔައީ. 

މިއީ ހަަމ ސީދާ އަޅުގަނޑަށް ދިމާވި ޙާދިސާއެއް! 

- ޝައިޚް އާދަމް ނިޝާން ޢަލީ

 

 

 

މިއަދު އޮންލައިން