މުޞީބާތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ތިމާއަށް އުޅެވޭ ގޮތާއިމެދު ވިސްނަންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުޞީބާތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ތިމާއަށް އުޅެވޭ ގޮތާއިމެދު ވިސްނަންވާނެ!: މުފްތީ މެންކް

ހުރިހާ ޚިޔާނާތްތަކެއްގެ ތެރެއިންވެސް އެންމެ ބޮޑު ޚިޔާނާތަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ﷺ) އަށް ވެވޭ ޚިޔާނާތެވެ! ނަމަވެސް އެއީ ފުލުހުން ހައްޔަރުކުރާ ކުށަކަށް ނުވާތީ ގިނަ މީހުން އެއީ ކުށެއް ކަމަށް ނުވެސް ދެކެއެވެ. ޤަބޫލެއްވެސް ނުކުރެއެވެ. އުޅެނީ ހިތަށް އެރިހައި ގޮތަކަށެވެ. ކުރަނީ ކުރަން ބޭނުންވިހައި ކަމެކެވެ.

ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަގުތު ޖެހުމުން މުޞީބާތްތައް ފޮނުއްވަވާނެތެވެ! އެކަން އައިސް އެމީހަކާއި ނުވަތަ އެ ބައަކާއި ބައްދަލުކުރާނީ ކޮން ގޮތަކަށްކަން ނުވެސް އެނގޭނެއެވެ. ވީމާ ކޮންމެ މީހަކީ ވެސް އެމީހަކާއި ހަވާލުކުރެވުނު އަމާނާތް ފުރިހަމައަށް އަދާކުރާ މީހަކަށްވާށެވެ! މުދަލާއި ފައިސާ އާއި ދަރިންނަކީވެސް ހަމަ އަމާނާތެވެ! ޢާއިލާއަކީވެސް ހަމަ އަމާނާތެކެވެ! ރައްކައުތެރިވާށެވެ!

ދަތިތަކާ މުޞީބާތްތައް ކުރިމަތިކުރެއްވެވުމުން ކޮންމެ މީހަކުވެސް އިންތިހާއަށް ކަންބޮޑުވެއެވެ. ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މައްސަލަ އައުމުން ﷲ ތަޢާލާގެ އާޔަތްތައް މަތިން ހަނދާނެއް ނުހުރެއެވެ. އިންޒާރުތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، ރަސޫލާއަށް ތިއަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިއަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގި ތިބެ ތިއަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!" (އަލްއަންފާލް: 27)

މިއާޔަތުގައި މިވަނީ ކުޑަ އަމުރުފުޅެއް ކަމަށް ހީނުކުރާށެވެ! ﷲ އާއި ރަސޫލާ (ﷺ) އަށް ޚިޔާނާތްތެރި ވުމަކީ ކޮބައިކަމާއިމެދު ވިސްނައިލަނީވެސް މަދު މީހެކެވެ. މީސްތަކުންނޭވެ! ﷲ ތައާލާއީ މީހަކު ކަމެއް ކުރާއިރަށް އެމީހާއަށް ޢުޤޫބާތް ދެއްވަވާ އިލާހެއް ނޫނެވެ. ނަމަވެސް އެ އިލާހު އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަގުތު ޖެހުމުން އެންމެ ފަޅި ސިކުންތެއްވެސް ލަހެއް ނުކުރައްވަވާނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން