ފިހާރައަށް ކަސްޓަމަރުން ނުލިބޭނަމަ އެކަން ރަނގަޅުކޮށްލަން ކުރެވިދާނެ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފިހާރައަށް ކަސްޓަމަރުން ނުލިބޭނަމަ އެކަން ރަނގަޅުކޮށްލަން ކުރެވިދާނެ 5 ކަމެއް!

ބައެއް ފިހާރަތަކަށް ކަސްތަމަރުން ނުލިބެނީ އެމީހާއަށް އަމިއްލައަށް ސިޙުރަކުންނެވެ. އެސިޙުރަކީ އެހެން ފިހާރަތަކަށް ކަޅިއަޅައި ޙަސަދަލުމެވެ. ކަސްޓަމަރުން ގިނަވެ ލިބޭ އާމްދަނީ އިތުރުކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް އެހެން ފިހާރަތަކަށް ކަޅިއެޅުން އަވަހަށް ހުއްޓައިލާށެވެ.

މި ބުނެދެނީ ފިހާރައިގެ ވިޔަފާރި ރަނގަޅުކޮށްލަން ކުރެވިދާނެ ފަސްކަމެއްގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ!

އަހަރެން ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލެސިސްޓަރ ސިޓީގައެވެ. އެއް ދުވަހަކު ފިހާރައަކަށް ނާނެއް ގަންނަން ދިއައިމެވެ. ގޮސް ފައިސާ ދިނުމުންވެސް ސޭޓު އަޅައެއް ނުލައެވެ. ކުނި މޫނު ދައްކައިގެން އިންނަނީ އެވެ.

އެކަމާއިމެދު ހިތްހަމަނުޖެހުމުން ސޭޓަށް ބުނީމެވެ. "ސޭޓު ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހި ކަންބޮޑުވެފައި އިންހެން ވަރަށް ހީވެއެވެ." ޖަވާބުގައި ސޭޓު ބުނީ ކަންބޮޑުވެފައި އިނީ ކައިރީ ފިހާރަތަކަށް ބައިވަރު ކަސްޓަމަރުން ދާއިރުވެސް އެފިހާރައަށް ކަސްޓަމަރުން ނުލިބޭތީ ކަމަށެވެ. ވިޔަފާރި ނުވި ނަމަވެސް ގެންގުޅޭ މުވައްޒިފުންނަށް މުސާރަ ދޭންޖެހޭނެތީ ކަމަށެވެ.

އަހަރެން ބުނީމެވެ. "ސޭޓާއެވެ. ވިޔަފާރި ރަނގަޅުވާނެ 5 ކަމެއް އަހަރެން ބުނެދީފާނަމެވެ. އަޅެ ނިކަން ތަޖުރިބާ ކޮށްލައި ބަލާށެވެ! ފުރަތަމަ ކަމަކީ ފިހާރަ ހުޅުވުމުގެ ކުރިން ފަތިސް ނަމާދުކުރުމެވެ. ދެވަނަ ކަމަކީ ދޮރުހުޅުވަމުން ބިސްމިﷲ ކިޔުމެވެ. 3 ވަނަ ކަމަކީ ފިހާރަ ހުޅުވައި ގޮނޑީގައި އިށީނުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކުރުން ގިނަކުރުމާއިއެކު ރަސޫލް (ﷺ)އަށް ޞަލަވާތް ކިޔެވުމެވެ. 4 ވަނަ ކަމަކީ ކަސްޓަމަރުން ވަނުމުން ހިނިތުންވެލައި މުޢާމަލާތު ކުރުމެވެ. 5 ވަނަ ކަމަކީ ކައިރީގައި ހުރި އެހެން ފިހާރަތަކަށް ހަސަދަވެރިވުމުގެ ބަދަލުގައި އެ ފިހާރަތަކުގެ ވިޔަފާރިވެސް ރަނގަޅުވޭތޯ ދުޢާ ކުރުމެވެ."

އެއީ އަހަރެން ޗުއްޓީއެއްގައި ފުރަން އޮތް ދުވަހެކެވެ. އަހަރެން މިވާހަކަތައް ބުނެފައި ގެއަށް ގޮސް ފުރައިގެން ދިއައީއެވެ. މަހެއްހައި ދުވަސް ފަހުން އެނބުރި އައިސް އެ ފިހާރައަށް ދިއައިރު ކަސްޓަމަރުން ގިނަވެ ފިހާރަ އޮތީ ފުރިފައެވެ. އަހަރެން ހަމަ ފެނުމާއިއެކު ސޭޓު ބުނީ އަހަރެންގެ ބަސް ޤަބޫލުކުރުމުގެ ނަތީޖާ ފެނިއްޖެ ކަމަށާއި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަހަރެން ބުނީމެވެ. "މަރްޙަބާއެވެ! ޝުކުރު އަދާކުރަންޖެހޭނީ ﷲ ތަޢާލާއަށެވެ. ވިޔަފާރި އަދިވެސް އިތުރަށް ރަނގަޅުކުރަން ބޭނުންނަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ކުރެވޭތޯ ބަލާށެވެ! ތިމާއަށް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއިއެކު އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވާށެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން