އެންމެ ސްމާޓް މުސްލިމަކަށްވެވި އާޚިރަތް ކާމިޔާބުކުރުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެންމެ ސްމާޓް މުސްލިމަކަށްވެވި އާޚިރަތް ކާމިޔާބުކުރުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތް!: ބިލާލް އައްސަދު

އެންމެ ސްމާޓް މީހުންކަމަށް ދުނިޔޭގައި ބަލާ މިންގަނޑުގެ އެންމެ ކުރީގައި އޮންނަނީ ތަނަވަސްކަމާއި މަތީ މަޤާމުތައް ލިބުން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިން ތަފާތެވެ. އެކަން އެނގެނީ މި ޙަދީޘްފުޅުންނެވެ.

އެއް ދުވަހަކު ރަސޫލް (ﷺ) އަށް ދެންނެވުނެވެ. "އެންމެ ވިސްނުން ތޫނު އެންމެ ސަމާޓް މުއުމިނަކީ ކާކުތޯއެވެ؟" ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ "އެނެމެ ގިނައިން މަރު ހަނދާންކުރާ، އަދި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާ" ކަމަށެވެ.

ވީމާ އެންމެ ސްމާޓް މީހާ ކަމުގައި ވެވޭނެ ގޮތް މިއޮތީ އެނގޭށެވެ! ހިތާމައަކީ މިކަންކަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތްކަމެވެ. މަރު ހަނދާންކުރަނީ މަދު މީހެކެވެ. މަރަށް ތައްޔާރުވެގެން ހުންނަނީ މަދު މީހެކެވެ. އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެކެވެ. މިއަދު މުޖުތަމައުތަކުގެ ހުރިހާ ކަމެއްގައިހެން އިސްކަން ދެނީ ދުނިޔަވީ ކަންކަމަށެވެ. މަރަށް ތައްޔާރުވުމަކަށް ނޫނެވެ. މަރުގެ ވާހަކަ ދައްކައިފިނަމަ ވެފައި އޮންނަނީ މޮޔަ ވާހަކަ ދައްކާ މީހަކަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ.

މަރަކީ ދުނިޔަވީ އިމްތިޙާނުގެ ފައިނަލް އެވެ. ސްކޫލްތަކަށް ބަލައިފިނަމަ ކިޔަވައިދޭން އެންމެ ރަނގަޅު އެދުރުން އަބަދުވެސް އިމްތިޙާނުގެ ވާހަކަ ހަނދާންކޮށް ދޭނެއެވެ. އެއީ ދަރިވަރު އަބަދުވެސް އިމްތިޙާނަށް ތައްޔާރަށް ބެހެއްޓުމަށެވެ. މަރުގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. އަބަދުވެސް މަރަށް ތައްޔާރަށް ހުންނަން ހަނދާންކޮށްދިނުމަށެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ ވިސްނުން ތޫނު، އެންމެ ސްމާޓް މީހަކީ އެންމެ ބޮޑު މަޤާމުގައި ހުންނަ މީހާ ކަމަށެވެ. ނޫންނަމަ އެންމެ ސްމާޓްކޮށް ހެދުންލައި އުޅޭ މީހުން ކަމަށެވެ. އެންމެ އަގު ބޮޑު އެންމެ ރީތި ފޭރާމުން ހެދުން ލައިގެން އުޅޭ މީހުން ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ޤަބޫލުކުރެވޭކަށް ނެތެވެ. ބަލައިގަނެވޭކަށްވެސް ނެތެވެ! ޙަދީޘްފުޅުން މިގޮތަށް އެނގެން އޮތުމުންނެވެ!

--ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން