ހަކުރުބަލީގެ ތެރެއިން ޑައިބެޓިސް 2 ހުންނަ މީހުންގެ އަޑުން ބަލިހުރިކަން ދެނެގަތުމުގެ ކުޅަދާނަކަން އިންސާނުންނަށް ދެއްވަވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހަކުރުބަލީގެ ތެރެއިން ޑައިބެޓިސް 2 ހުންނަ މީހުންގެ އަޑުން ބަލިހުރިކަން ދެނެގަތުމުގެ ކުޅަދާނަކަން އިންސާނުންނަށް ދެއްވަވައިފި!

ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ! ހަކުރުބަލީގެ ތެރެއިން ޑައިބެޓިސް 2 ހުންނަ މީހުންގެ އަޑުން ބަލިހުރިކަން ދެނެގަތުމުގެ ކުޅަދާނަކަން އިންސާނުންނަށް ދެއްވަވައިފިއެވެ. 

ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ މިޓެސްތް ހެދި އަންހެނުންގެ ތެރެއިން 66 އިންސައްތަ އަދި ފިރިހެނުންގެ ތެރެއިން 71 އިންސައްތަ މީހުންގެ ނަތީޖާ ސީދާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދި މިޓެސްޓަށް އިތުބާރުކޮށް ލޭގެ ޓެސްޓް ހެދުން ހުއްތައި ނުލެވޭނެ ކަމަށެވެ. 

ދިރާސާގައި ބުނެފައިވަނީ އަޑުން ބަލި ދެނެގަނެވެނީ ހަށިގަނޑުން ފެންމަދުވާ މިންވަރުންނާއި އަދި ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އަޑަށް އަންނަ ބަދަލުން ކަމަށެވެ. ބަލިހުންނަ މީހުންގެ އަޑު ފޯނުން އިވުމުންވެސް ދެނެގަނެވޭކަން ވަނީ ފާހަގަކޮށްފައެވެ. 

މިދިރާސާ ޢާންމުކޮށްފައިވަނީ ޔޫރަޕިއަން އެސޯސިއޭޝަން ފޮރ ސްޓަޑީ އޮފް ޑައިބެޓިސް (އީއޭއެސްޑީ) އިންނެވެ. މިޓެސްޓް ކާމިޔާބުކުރެވުމުން ހަކުރުބަލިހުރިކަމާއި ހުރި މިންވަރު ޑޮކްޓަރުންނަށް އަޑުން ދެނެގަތުމުގެ ކުޅަދާނަކަން ލިބިގެންދާނެއެވެ. ވީމާ ބަލީގެ ކުރީކޮޅުގައި ދެނެގަނެވި ފަރުވާ ކުރަން ފެށުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

 

މިއަދު އޮންލައިން