ހަނދުމަކޮށްދިނުމެއް!: ކުށުސަޖިދަ ޖަހާފައި ސަލާމް ދޭން ޖެހޭނެތޯ؟ ސަލާމްދިނުމުގެ ކުރިންނާ ފަހުން ކުށުސަޖިދަ ޖަހަން ޖެހޭނެ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ހަނދުމަކޮށްދިނުމެއް!: ކުށުސަޖިދަ ޖަހާފައި ސަލާމް ދޭން ޖެހޭނެތޯ؟ ސަލާމްދިނުމުގެ ކުރިންނާ ފަހުން ކުށުސަޖިދަ ޖަހަން ޖެހޭނެ ޙާލަތު-

ސުވާލު:. ކުށުސަޖިދަ ޖަހާފައި ސަލާމް ދޭން ޖެހޭނެތޯ؟  

ޖަވާބު:. ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާ ޙާލަތްތަކުގައި ކުށުސަޖިދައަށް ފަހު ސަލާމް ދޭންޖެހޭނެ. ނަމަވެސް ސަލާމް ދިނުމަށްފަހު ކުށުސަޖިދަ ޖަހާ ޙާލާތްތަކުގައި އިތުރަށް ސަލާމް ދޭކަށް ނުޖެހޭނެ. 

ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީ ރަކްޢަތެއް މަދުވެގެން ނުވަތަ ކުރެވުނު ރަކްޢަތްތަކުގެ ޢަދަދާމެދު ޝައްކުވެއްޖެ ޙާލަތެއްގައި. 

ރަކްޢަތެއް އިތުރުވެގެންނަމަ ކުށުސަޖިދަ ޖަހާނީ ސަލާން ދިނުމަށްފަހު.  

- ޑރ. މުޙައްމަދު އިޔާޟު ޢަބްދުލްލަތީފް

 

މިއަދު އޮންލައިން