މަލާއިކަތްބޭކަލުން- 9: ބައިތުލްމަޢުމޫރަށް ކޮންމެ ދުވަހަކު ހަތްދިހަހާސް އައު މަލާއިކަތުން ވަދެވަޑައިގަންނަވާ

ކިޔުމަށް ހޭދަވާނީ 1މ 8ސ
މަލާއިކަތްބޭކަލުން- 9: ބައިތުލްމަޢުމޫރަށް ކޮންމެ ދުވަހަކު ހަތްދިހަހާސް އައު މަލާއިކަތުން ވަދެވަޑައިގަންނަވާ

ޢަލީ އިޙްޞާން ފިރާޤް

 

އިސްރާއާއި މިޢުރާޖުގެ ވާހަކަ ބަޔާންވެގެންވާ ދިގު ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ދެން ތިމަންކަލޭގެފާނަށް ބައިތުލް މަޢުމޫރު ދައްކައިލެވުނެވެ. ތިމަންކަލޭގެފާނު ޖިބްރީލުގެފާނަށް ދެންނެވީމެވެ. އެއީ ކޮންތަނެއްތޯއެވެ؟ ޖިބްރީލުގެފާނު ވިދާޅުވިއެވެ. [މިއީ ބައިތުލްމަޢުމޫރެވެ. އެތަނަށް ހަތްދިހަ ހާސް މަލާއިކަތްބޭކަލުން ކޮންމެ ދުވަހު ވަދެވަޑައިގަންނަވައެވެ. އެތަނަށް އެއްފަހަރު ވަދެވަޑައިގަންނަވާ ބޭކަލަކަށް އަނެއް ފަހަރު ވަދެވަޑައެއް ނުގަނެއެވެ.]

{ صحيح مسلم
كتاب الإيمان، باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ ، ޙަދީޘް ނަންބަރު 164}

 

މިއަދު އޮންލައިން