ޞަދަޤާތްކުރުން ގިނަކުރުމަކީވެސް ބަލިތަކުން ޝިފާދެއްވެވުން އެދި ކުރަން ރަނގަޅު ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޞަދަޤާތްކުރުން ގިނަކުރުމަކީވެސް ބަލިތަކުން ޝިފާދެއްވެވުން އެދި ކުރަން ރަނގަޅު ޢަމަލެއް!

ބައްޔެއްގައި ގިނަ ދުވަހު އުޅެންޖެހޭނަމަ ޝިފާދެއްވެވުން އެދިގެން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ފަޤީރުންނަށް ޞަދަޤާތްކުރުން ހިމެނެއެވެ.  

ޞަދަޤާތް ކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތް ކަމެކެވެ. ވީމާ ބަލިޙާލަކުން ޝިފާ ލިބުން އެދިގެންވެސް އަދި ކުރިމަތިވާ ތަކްލީފަކުން ސަލާމަތްވުމަށްވެސް ޞަދަޤާތްކުރާށެވެ. އެމީހަކަށް ވާންއޮތް މިންވަރަކުން ޞަދަޤާތްކުރުން ގިނަކުރާށެވެ.  

މީސްތަކުންނަށް ކާބޯތަކެތިވެސްދޭށެވެ. އަދި މީސްތަކުންނަށް ފައިދާކުރާނެ ކަންކަންވެސް ކުރާށެވެ. އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ޞަދަޤާތް ކުރުމުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެއެވެ.   

މައިންބަފައިން ނުވަތަ ގާތްމީހަކު ބަލިވެއުޅޭނަމަ އެމީހަކަށް ޝިފާ ދެއްވެވުން އެދިގެންވެސް ޞަދަޤާތްކުރާށެވެ. އެކަމުން ބަލިމީހާގެ އިތުރުން ޞަދަޤާތްކުރި މީހަކަށްވެސް ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން