މަލާއިކަތްބޭކަލުން- 10: ނަރަކައިގަ ހަތްދިހަހާސް ވާ ޖަހައިގެން ގެނެވޭނެއިރު ކޮންމެ ވަލެއްގަ ހަތްދިހަހާސް މަލާއިކަތުން ހިއްޕަވައިގެން ތިއްބަވާނެ!

ކިޔުމަށް ހޭދަވާނީ 1މ 45ސ
މަލާއިކަތްބޭކަލުން- 10: ނަރަކައިގަ ހަތްދިހަހާސް ވާ ޖަހައިގެން ގެނެވޭނެއިރު ކޮންމެ ވަލެއްގަ ހަތްދިހަހާސް މަލާއިކަތުން ހިއްޕަވައިގެން ތިއްބަވާނެ!

ޢަލީ އިޙްޞާން ފިރާޤް

 

ޤިޔާމަތް ދުވަހުން ނަރަކަ ގެނެވޭ ގޮތުންގެ ވާހަކަ ބަޔާން ކުރައްވައިފައިވާ ޙަދީޘުންވެސް މަލާއިކަތްބޭކަލުންގެ އަދަދުގެ ގިނަކަން ހާމަވެގެންދެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. 

يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا " { صحيح مسلم كتاب الجنة وصفة نعيمها وأهله، باب فِي شِدَّةِ حَرِّ نَارِ جَهَنَّمَ وَبُعْدِ قَعْرِهَا وَمَا تَأْخُذُ مِنَ الْمُعَذَّبِينَ، ޙަދީޘް 2842}

މާނައީ: ހަތްދިހަހާސް ވާ ޖަހައިގެން އެދުވަހު ނަރަކަ ގެނެވޭނެއެވެ. އެއިން ކޮންމެ ވަލެއްގައި ހަތްދިހަހާސް ހިއްޕަވައިގެން ތިއްބަވާނެއެވެ.]

 

 

މިއަދު އޮންލައިން