އުފަލުގަ ކައިވެނި ދަމަހައްޓައި ދިރިއުޅުން ބާއްޖަވެރިކުރަން ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުފަލުގަ ކައިވެނި ދަމަހައްޓައި ދިރިއުޅުން ބާއްޖަވެރިކުރަން ސަމާލުކަންދޭންވީ ބައެއް ކަންކަން-

ތިބާ އެއްވެސް މީހަކަށް ސަމާލުކަންދޭވަރަށް އެމީހަކު ތިބާއަށް ސަމާލުކަންދޭނެ ކަމަށް ހީވެސްނުކުރާށެވެ! އޭނާ ތިބާއަށް ސަމާލުކަންދޭނަމަ އެއީ އޭނާގެ ރަނގަޅު ކަމެވެ. އެކަމުގެ އަގު ވަޒަންކުރާށެވެ. 

ނަމަވެސް މިކަންކަން ދެމަފިރިންނަށް ތަފާތެވެ. އަނެކާ ތިމާއަށް ސަމާލުކަންދޭވަރަށްވުރެ ބޮޑަށް އޭނާއަށް ސަމާލުކަންދޭން މަސައްކަތްނުކުރާނަމަ ދެމަފިރިންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ. އަނެކާ ދެކެ ފޫހިވެވެން ފަށާނެއެވެ. 

ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި އޮތުމަށް އެންމެ ބޮޑަށް ބޭނުންވަނީ ފައިސާއެއް ނޫނެވެ. އެކަކު އަނެކަކަށް އަޅައިލުމެވެ. ދެމަފިރިން ސަމާލުކަންދޭންޖެހޭނެ އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ލޯބިވުން ފަނޑުވި ނަމަވެސް އަޅައިލުމުގައި ފަރުވާކުޑަނުކުރުމެވެ. އެއިރުން ލޯބިވުން އެނބުރި އަންނާނެއެވެ. 

ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކިތަންމެ ކުޑަ ކަމެއް ކުރިމަތިވިނަމަވެސް ފޫހިވެ އަޅައިނުލެވެން ފަށާކަމެވެ. އެއިރުން ކަންކަން ބަދަލުވާނީ ގޯހުން ގޯހަށެވެ. ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ލޯތްބަށް ހީނަރުކަން އަންނަ ދުވަސްތައްވެސް ކުރިމަތިވާނެއެވެ. އެޙާލަތުގައިވެސް މަސައްކަތްކުރަންވާނީ ކައިވެނި ދެމެހެއްޓުމަށެވެ. 

ކައިވެނި ދަމަހައްޓަން ަމސައްކަތްކުރުމަކީ ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް ބަރަކާތް ލައްވަވާ ކަމަކަށްވާތީއެވެ. މުސްލިމުންނަށް އެންމެ މުހިންމީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ދުނިޔއާއި ޢާޚިރަތް ކާމިޔާބުކުރެވެން އޮތީ އެކަމުންކަމަސްވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން