ބައިވެރިޔާއަށް ދެރައެއް ދިނުމުގެ ބޭނުމުގަ އޭނާގެ ހިތުގަ ޖައްސުވައިފިނަމަ އެމީހަކަށް އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބައިވެރިޔާއަށް ދެރައެއް ދިނުމުގެ ބޭނުމުގަ އޭނާގެ ހިތުގަ ޖައްސުވައިފިނަމަ އެމީހަކަށް އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ބައެއް މީހުން އަނެކާއަށް ދެރައެއް ދިނުމުގެ ބޭނުމުގައި އެބަ ހިތްދަތިކަން ކުރިމަތިކުރުވައެވެ. އެކަން ނުކުރާނީ ކާކު ހެއްޔެވެ؟ ޙަޔާތުގެ ބައިވެރިޔާވެސް އެކަން އެބަކުރެއެވެ. ބައިވެރިޔާއަށް ދެރައެއް ދިނުމުގެ ބޭނުމުގައި ހިތުގައި ޖެހޭ ގޮތަށް ކަންކަން އެބަކުރެއެވެ. އަނިޔާވެރިވެއެވެ. 

އެމީހުންނަށް ނުއެނގޭ ކަމެއް އެބަ އޮތެވެ. އެއީ އަނެކާގެ ހިތްދަތިކޮށް އަނިޔާވެރިވުމުން އެކަމަށް ހިތާމަކުރަންޖެހުމަކީވެސް އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެއްކަމެވެ. 

ހިތްދަތިކަމާއި އަނިޔާ ލިބެމުން އަންނަނަމަ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކެތްތެރިވާކަށް އަހުރެން ނުބުނާނަމެވެ. އެއީ އެކަންކަމަށް ކެތްތެރިވާން އުޅެފިނަމަ ލިބިދާނެ އެހެން އަނިޔާތައް މާބޮޑުވެދާނެތީއެވެ. މިބުނި ވާހަކައަކީ އަނެކާއަށް ދެރައެއް ދިނުމުގެ ބޭނުމުގައި ހިތްދަތިނުކުރުވާށެވެ. އަނިޔާވެރިނުވާށެވެ. އެކަމުން އޭނާއަށް ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ. 

އަދި އެއްކަންތައް ހަނދުމަކޮށްލައިދޭނަމެވެ. އެއީ ވަރިވާންޖެހޭ ޝަރުޢީ ސަބަބެއް ނެތި ވަރިއަށް އެދުމުން އެމީހަކަށް ސުވަރުގޭގެ ވަސްވެސް ނުފެދިދާނެކަމަށް އޮންނަ މައްސަލައެވެ. އެކަން ހަަމ ފިރިހެނުންނަށްވެސް އެބަ އޮތެވެ. ވަރިކުރުމުގެ ބާރު އޮތަތީ އަނބިމީހާގެ ކުށެއް ނެތި ވަރިކުރުމަކީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެއްޖެނަމަ ޤިޔާމަތް ދުވަހު އެކަމަށް ބަދަލުދޭންޖެހޭނެއެވެ. އަދި ސުވަރުގެއަކީ އަނިޔާވެރިވެ މީސްތަކުންގެ ހިތްދަތިކުރުވައި ނިކަމެތިކުރުވާ މީހުންނަށް ހުރިތަނެއްކަމެއް އަހުރެންނަކަށް އެނގިފައެއް ނެތެވެ. އަހުރެންނަށް އެނގެނީ ސުވަރުގެ ވަނުމުގެ ކުރިން އެކަންކަމަށް ބަދަލުދޭންޖެހޭނެ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަކުވެސް އަނެކަކު ދެރަކޮށް ހިތުގައި ނުޖައްސުވާށެވެ. ހަމައެކަކަށްވެސް އަނިޔާވެރިނުވާށެވެ! އެކަމަށް ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން