ހިތްދަތިކަމުން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ފަސޭހަ ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިތްދަތިކަމުން ސަލާމަތްވުމަށް ކުރަން އޮތް އެންމެ ފަސޭހަ ޢަމަލު-

އަހުރެންގެ މިސުވާލު ހުޅުވައި މިލަނީ ދުނިޔޭގައި ތިބި ހުރިހާ މުސްލިމުންނަށެވެ. ހުރިހާ މުސްލިމުންވެސް ހިމެނޭ ގޮތަށެވެ. އެސުވާލަކީ ތިބާއަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވާ އަދި ޛިކުރުކުރާ މީހަކަށްވެފައި، ފާފަތަކަށް އަރައިނުގަންނަ މީހަކަށްވެފައި ތިބާއަށް ހިތްދަތިކަމެއް ކުރިމަތިވުމުން އަސްތަޣްފާރުކުރުން ގިނަ ކުރުމުން އުފާވެރިކަން ނުލިބުނީ ކާކަށް ހެއްޔެވެ؟ 

ދެން އޮތީ ނަމާދުކޮށް ޛިކުރުކުރިނަމަވެސް ފާފަތައް ކުރެވޭ މީހުންނަށެވެ. އެމީހުން ތައުބާވެ އިސްތިޣްފާރުކުރުމުން އުފާވެރިކަން ނުލިބުނީ ކާކަށް ހެއްޔެވެ؟ ދެން އޮތީ ނަމާދާއި ދުރުހެލިވެގެން ތިބެވޭ މީހުންނެވެ. ނަމާދުކުރަން ފަށައި އަސްތަޣްފާރުކުރުން ގިނަކުރުމުން އުފާވެރިކަން ނުލިބުނީ ކާކަށް ހެއްޔެވެ؟ ތެދުބަހުން ނިކަންކަމަށް ޖަވާބުދީބަލާށެވެ! 

ދެން ބުނެލަން އޮތީ ބައެއް މީހުން ކުރިމަތިކުރުވާ މައްސަލައެއްގެ ވާހަކައެވެ. އެއީ ކައިވެނި ރޫޅުމުން ސަލާމަތްވާން އިސްތިޣްފާރުކުރަމުން ދަނިކޮށްވެސް ކައިވެނި ރޫޅި ހިތްދަތިކަން ކުރިމަތިވާ މައްސަލައެވެ. އެމީހުންނަށްވެސް އަހުރެން ކޮށްލަން އޮތީ ހަމަ އެއް ސުވާލެކެވެ. އަހުރެން ދެންމެ މިބުނި މަގުން ޢަމަލުކުރަމުން ދަނިކޮށް ކައިވެނި ރޫޅުމުން ކުރީގެ ބައިވެރިޔާއަށްވުރެ ރަނގަޅު ބައިވެރިއަކު ނުލިބުނީ ނުވަތަ މާއުފާވެރި ދިރިއުޅުމެއް ނުލިބުނީ ކާކަށް ހެއްޔެވެ؟ 

އާނއެކެވެ! މުއްދަތެއް ނަގައިފާނެއެވެ. ކަންކަން ވަޤުތުން ޙާޞިލުނުކުރެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ ހަމަ އިމްތިޙާން ކުރެއްވެވުމަށެވެ. ފާސްވުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

މިހެން މިކަންކަން މެދުވެރިވާ ސަބަބުވެސް ބުނެލާނަމެވެ. އެސަބަބަކީ އަސްތަޣްފާރުކުރުމަކީ އަލިފާން ދަރު އަންދާފަދައިން ފާފަތައް އަންދައިލަދޭ ކަމަކަށްވާތީއެވެ. ތިމާގެ ކިބައިގައި ފާފަ ނެތުމަކީ ތަކްލީފްތަކުން ސަލާމަތްކުރައްވަވާ ކަމަކަށްވާތީއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން