އަންހެނުންގެ އުރަމައްޗަކީ ނާޒުކު ގުނަވަނެއް! އަނިޔާވާފަދަ ކަންކަން ކުރުމުން ލިބޭ ގެއްލުމުގެ ތެރޭގަ ކެންސަރު ޖެހުނަސް ދެނަގަންނަން ހުރަސްތައް ކުރިމަތިވުން ހިމެނޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަންހެނުންގެ އުރަމައްޗަކީ ނާޒުކު ގުނަވަނެއް! އަނިޔާވާފަދަ ކަންކަން ކުރުމުން ލިބޭ ގެއްލުމުގެ ތެރޭގަ ކެންސަރު ޖެހުނަސް ދެނަގަންނަން ހުރަސްތައް ކުރިމަތިވުން ހިމެނޭ!

އިންސާނުންގެ ކޮންމެ ގުނަވަނަކީވެސް މުހިންމު ގުނަވަނެކެވެ. ބައެއް ގުނަވަންތަކުގެ ނާޒުކުކަން ބޮޑެވެ. އެފަދަ ގުނަވަންތަކަށް ދޭންޖެހޭ ސަމާލުކަން މާބޮޑެވެ. ލިބެން ހުރި ގެއްލުންތައްވެސް ވަރަށް ބޮޑެވެ.  

ގިނަ ބައަކަށް ވިސްނެނީ އަންހެނުންގެ އުރަމައްޗަކީވެސް ޢާދައިގެ ގުނަވަނެއްކަމަށެވެ. އެހެންވެ އަނިޔާ ލިބޭފަދަ ކަންކަން ކުރެއެވެ. ވަޤުތުން އެކަމުގެ ނުރައްކަލާއި ކުރިމަތިލާން ނުޖެހުނަސް ފަރުވާކުޑަކޮށްލުމުން އެކަމުގެ ނުރައްކަލާއި ކުރިމަތިލާންޖެހެއެވެ.  

ބައެއް އަންހެނުންނަށް ޢުމުރުން 35 އަހަރުގައިވެސް ނުރައްކާތައް ކުރިމަތިވެއެވެ. ނަމަވެސް ޢާންމުގޮތެއްގައި ނުރައްކާތައް ކުރިމަތިވާން ފަށަނީ ޢުމުރުން 40 އަހަރަށްވުރެ މައްޗަށް ދިއުމުންނެވެ.  

ކުރިމަތިލާންޖެހޭ ނުރައްކާތަކުގެ ތެރޭގައި ޓިޝޫތައް ހަލާކުވެ ކެންސަރު ޖެހުންވެސް ހިމެނެއެވެ. ވީމާ އަހުރެން ބުނާނީ ފިއްތުން ފަދަ ޓިޝޫތަކަށް އަނިޔާވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކެންސަރު ޖެހިފައި ހުރެމެ ޓިޝޫތަކަށް ލިބިފައި ހުންނަ ބައެއް ގެއްލުމުގެ ސަބަބުން މެމޯގްރާމް ހެދިނަމަވެސް ކެންސަރު ހުރިކަން ނުދައްކާތީއެވެ. ދެނެގަންނަން ގޮންޖެހުންތައް ކުރިމަތިވާތީއެވެ. ޔަޤިންކުރަން ޓެސްޓްތައް ތަކުރާރުކުރަމުން ދަނިކޮށް ފުރާނަ ނުރައްކަލަށް ވެއްޓިގެންދާތީއެވެ.  

ބައެއް މީހުން ހީކުރަނީ މައްސަލަތައް ކުރިމަތިވަނީ ސައިޒުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި މައްސަލަތައް ކުރިމަތިވަނީ ވިސްނާ ނުލައި ދެވޭ އަނިޔާތަކުންނެވެ. އުރަމައްޗަކީ ބޭނުންވަރަކަށް ފިއްތަން އޮތް ގުނަވަނެއް ނޫނެވެ. ވަރަށް ފަރުވާތެރިކަމާއެކު އަތްލަން ޖެހޭ ނާޒުކުގުނަވަނެކެވެ.  

އެންމެ ރައްކައުތެރި ގޮތަކީ އެއްވެސް އުނދަގުލެއް ނެތަސް ޢުމުރުން 35 އަހަރުވުމުން މެމޯގްރާމް ހަދުމެވެ. އަދި 40 އަހަރުވުމުން ކޮންމެ އަހަރަކުވެސް ޑޮކްތަރުންގެ ލަފާގެމަތިން ޓެސްތްތައް ހަދަމުން ގެންދިއުމެވެ.  

މިއީ އެމެރިކަން ބްރެސްޓް ކެންސަރ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ހިމެނޭ މުހިންމު ބައެއް ބައިތަކެވެ. މިވާހަކަތައް މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ މިފަދަ މައްސަލަތަކުގައި މިހާރުވެސް ބައެއް ކިޔުންތެރިން ފަރުވާ ހޯދަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާތީ ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން