ތަކްލީފްތައް ކުރިމަތިވުމަކީ ދެރަވެ މާޔޫސްވާންޖެހެންވީ ކަމެއް ނޫން! ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ އެއްބައަކީ ދުނިޔޭގަ ބޮޑެތި ތަކްލީފްތައް އުފުލަން ޖެހުނު މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ތަކްލީފްތައް ކުރިމަތިވުމަކީ ދެރަވެ މާޔޫސްވާންޖެހެންވީ ކަމެއް ނޫން! ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ އެއްބައަކީ ދުނިޔޭގަ ބޮޑެތި ތަކްލީފްތައް އުފުލަން ޖެހުނު މީހުން!

އެއްވެސް ބާވަތެއްގެ ތަކްލީފެއް އުފުލަން ޖެހިގެން ދެރަވެ މާޔޫސްނުވާށެވެ. އަދި އުފާކުރާށެވެ! ސަބަބު މިބުނަނީއެވެ. 

ދުނިޔޭގައި ތަކްލީފު އުފުލަންނުޖެހި ހިތްހަމަޖެހިގެން އުޅެވޭނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނީވެސް ވަރަށް މަދު މީހަކަށެވެ. ނަމާދުކުރިނަމަވެސް ގިނަ މީހުން ސަލާމްދިނުމާއިއެކު ތެދުވެގެންދާނީއެވެ. ޛިކުރުކޮށް ދުޢާކުރަން ބޭނުމެއް ނުވާނެއެވެ. 

ނަމަވެސް ތަކްލީފްތައް އުފުލަންޖެހޭނަމަ ޛިކުރުކުރުން ގިނަކުރާނެއެވެ. ދުޢާކުރުންވެސް ގިނަކުރާނެއެވެ. އަދި ފާފައެއް ނުކޮށް ހުންނަންވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރުންވެސް ގިނަކުރާނެއެވެ. 

ވީމާ ދިރިއުޅުމުގައި ތަކްލީފްތައް ކުރިމަތިވިޔަސް އަދި ބަލިމަޑުކަމެއްގައި އުޅެންޖެހުނަސް ދެރަވެ މާޔޫސްނުވާށެވެ. ތަކްލީފްތައް އުފުލަންޖެހުން ވާނީ އެމީހަކަށް ﷲ ތަޢާލާ އާއި ކުއްތަންވެވި ސުވަރުގެ ވައްދަވާ ސަބަބަށެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތުކުރައްވަވާ އިމްތިހާންތައް ބޮޑުކުރައްވަވާ ސަބަބަކީވެސް ސުވަރުގެ ވަނުމަށް ފުރުޞަތު ބޮޑުކޮށްދެއްވެވުމެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތަކްލީފް އުފުލަން ޖެހުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން