އުންމު ނަވާރު
ދުވަހަކީ ސާނަވީ މަދަރުސީ ދައުރުގެ ސްކޫލަށް ކިޔެވުމަށް ހާޒިރުވަންޖެހޭ އެންމެ ފަހު ދުވަހެވެ. ހުރިހާ ދަރިވަރުންވެސް ހުރީ އުފަލުންނެވެ. ކްލާސްރޫމް ތެރެއިން އިވެމުންދަނީ ދަރިވަރުންގެ ހީ ސަކަރާތްޖުހުމުގެ އަޑެވެ.
ސާނަވީ ކިޔެވުމަށްފަހު ދެން ކުރިޔަށް ދާނެ ގޮތް ކޮންމެ ކުއްޖަކުވެސް ޖޯޝާއިއެކު ކިޔައިދެމުންދެއެވެ. ދަރިވަރުންގެ ހަރަކާތްތަކަށް ހިނިތުންވުމުގެ މޫނަކާއިއެކު ބަލަން ހުރުމަށްފަހު މުދައްރިސު ކުދިންގެ ސަމާލުކަށް ހޯދުމަށްޓަކައި އަޑު ހަރުކޮށް ގޮވާލިއެވެ. މުދައްރިސުގެ މި އަމަލާއިއެކު ހުރިހާ ދަރިވަރުންގެ ސަމާލުކަށް މުދައްރިސްއަށް ހުއްޓުނެވެ.
މުދައްރިސްގެ ވާހަކަ ފެށުމުގެ ކުރިން ޖީބުން 20 ޑޮލަރުގެ ނޯޓެއް ނެގިއެވެ. އެއަށްފަހު މި ޑޮލަރު ބޭނުންވަނީ ކޮންކުއްޖެއްތޯ ސުވާލު ކުރިއެވެ. ކްލާސްރޫމްގައި ތިބި ހުރިހާ ދަރިވަރުން ޑޮލަރު ބޭނުންކަމަށް ބުނެ އަތްމައްޗައް ނެގިއެވެ. ދެން މުދައްރިސް ޑޮލަރު މުދައްރިސްގެ އަތުގެ މުށަށް ލުމަށްފަހު ބޮޑި ކޮށްލިއެވެ. އެއަށްފަހު މިހާރު ދެން މި ޑޮލަރު ބޭނުންވަނީ ކޮންކުއްޖެއްތޯ މުދައްރިސު ސުވާލު ކުރިއެވެ. މިފަހަރުވެސް ހުރިހާ ދަރިވަރުން އަތްމައްޗަށް ނެގިއެވެ. ދެންވެސް މުދައްރިސު އެއްވެސް ކުއްޖަކަށް ޑޮލަރު ނުދީ އަނެއްކާވެސް ޑޮލަރު ތަޅުންގަޑުން މައްޗަށް ވައްޓާލާ ފައިން އެރިއެވެ. އެއަށްފަހަރު 3 ވަނަ ފަހަރުވެސް ޑޮލަރު ބޭނުންވަނީ ކޮންކުއްޖޭތޯ ސުވާލު ކުރިއެވެ. ފުރަތަމަ ދެފަހަރެކޭ އެއްފަދައިން މިފަހަރުވެސް ހުރިހާ ދަރިވަރުން އަތްމައްޗަށް ނެގިއެވެ.
މުދައްރިސު ޑޮލަރު ނަގާ މޭޒުމަތީ ބޭއްވުމަށްފަހު ވާހަކައިގެން ކުރިއަށްދިޔައެވެ. ތިޔަ ދަރިވަރުންގެ ދިރިއުޅުމަކީވެސް މި ޑޮލަރު ފަދަ އެއްޗެއް ކަމުގައި ދެންނެވިއެވެ. ޑޮލަރަށް ކޮންމެ ގޮތެއްވިޔަސް ޑޮލަރުގެ އަގު ކުރިއެކޭ އެއްފަދަ ކަމުގައި ދެންނެވިއެވެ. ހަމަ އެގޮތަށް ތިޔަ ދަރިވަރުން ދިރިއުޅުމުގައި ކުރިމަތިވާ ބޮޑުކަމަކުން އަމިއްލަ ނަފްސު ދެކެ ފޫހިނުވެ ކުރިޔަށް ދިއުމަށް ނަސޭހަތް ދެއްވިއެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ ކަމަކުން އަމިއްލަ ނަފްސުގެ އަގު ގެއްލިގެން ނުދާނެ ކަމަށް ކުދިންނަށް ހަދާން ކޮށްދިނެވެ.
ލިޔުނީ: އުންމު ނަވާރު
މަސްދަރު: ސޯޝަލް މީޑިއާއިން ނަގާފައިވާ ވާހަކައެއް