އިސްލާމްދީން ފެތުރިގެން އައިދުވަސްވަރަށް ބަލާށެވެ! އެމީހުންނަށް ބޮޑުކަމެއް ޖެހުމުން ގޮވަނީ އުޑުގެ ކަލާނގެއަށެވެ. އެހީތެރިކަމަށް އެދެނީ އުޑުގެ ކަލާނގެ ކިބައިންނެވެ. އެކަމުން އެނގެނީ އުޑުގައި ކަލަކުވޮޑިގެންވާކަން އެމީހުންނަށް އެނގޭކަމެވެ. އަދި ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުންކަން އެމީހުންވެސް ޤަބޫލުކުރާ ކަމެވެ.
ހަމަ އެއާއިއެކު ކީރިތި ޤުރްއާނުގައިވާ ޢަޛާބުގެ އާޔަތްތައް ކިޔެވޭއަޑުއިވުމުން ދެކަންފަތުގައި އަތްއަޅައިގެން ދުވެފިލާކަން ސިޔަރަތުން އެނގެން އެބައޮތެވެ. އެމީހުން ޤުރްއާން ޤަބޫލުނުކުރާނަމަ ޤުރްއާނުގެ އަޑު އިވުމުން ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޤައިމުވެސް އެހެން ދީންތަކުގެ މީހުން ގެންގުޅޭ އެއްވެސް ފޮތެއްގައި އޮތް އެއްވެސް ވާހަކައެއް އަޑުއިވިގެން އެއްވެސް މުސްލިމަކު ކަންބޮޑެއް ނުވާނެއެވެ. ސަބަބަކީ އެއީ ބާޠިލު ވާހަކަތަކެއްކަން ޔަޤީންކުރެވޭތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން ޝަހީދުކުރަމުންވެސް ކޮރޯނާއިން ސަލާމަތްވޭތޯ ކީރިތި ޤުރްއާން އަޑުއިއްވައި އަޑުއެހި އެވެ.
ޔަހޫދީ ފީހާރަތަކުގައި ކީރިތި ޤުރްއާން ޖަހާފައިވާ އަޑު އިވޭ ވީޑިއޯތައް އެއިރު ސޯޝަލް މީޑިއާގައި ޢާންމުވިއެވެ. ޢާންމުވި އެއްވީޑިއޯގައި ޖަހާފައިވަނީވެސް އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާއެވެ. ޝިފާދެއްވެވުން އެދި އެންމެ ގިނައިން ކިޔަވަން އޮތް ސޫރަތެވެ. އެސޫރަތުގައި ޝިފާވާކަން ޙަދީޘްފުޅުން ސާބިތުވާ ސޫރަތެވެ. ޞަޙާބީން އެކަން ތަޖުރިބާ ކުރައްވާފައިވާ ސޫރަތެވެ.
މިފަދަ ކަންކަމުންވެސް އެނގިގެންދިއައީ ކީރިތި ޤުރްއާނުގެ މަތިވެރިކަން ޔަހޫދީންނަށްވެސް ނުއެނގެނީ ނޫން ކަމެވެ. އިސްލާމް ދީނަކީ ޙައްޤުދީންކަންވެސް ނުއެނގެނީ ނޫންކަމެވެ. ޖާހިލުކަން ބޮޑުކަމުން ޤަބޫލު ނުކުރަން ތިބެނީ ކަމެވެ.
ހަމަ އެއާއިއެކު ހައްދުފަހަނައަޅާފައިވާޔަހޫދީން އެއިރު ނަމާދުކުރަން އެއްބާރުލުން ދިނެވެ. ކޮރޯނާ ބަލި ފެތުރެމުންދިއަ ދުވަސްވަރު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭރިގެންފައިވާ ފަލަސްޠީނުގެ ބައެއް ސަރަހައްދުތަކުގައި ޔަހޫދީންނާއި މުސްލިމުން މަސައްކަތްކުރީ އެކުގައެވެ. އެމަންޒަރުތައް ފޮޓޯތަކާއި ވީޑިއޯތައް އެއިރު ޢާންމުކުރިއެވެ.
މިއަދުނޫހުންވާނީ އެދުވަސްވަރުވެސް މިކަންކަން ހާމަކޮށް ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސްފައެވެ. މިއީ މުސްލިމުން އަބަދުވެސް ހަނދާން އައުކުރަންޖެހޭނެ ކަންކަމެވެ. ފުރިހަމަ ގޮތުގައި ކީރިތި ޤުރްއާނާއި ﷲ ތަޢާލާގެ ދެކެ ލޯބިވެވޭނީ މިފަދަ ކަންކަން ހަނދުމަކުރިވަރަކުންނެވެ.